ދެކުނަށް ކުރަމުން އަންނަ ވިއްސާރާގައި އައްޑުއަށް ގެއްލުންތަކެއް ވެއްޖެ!

ރާއްޖޭގެ ދެކުނަށް ކުރަމުން އަންނަ ވިއްސާރާގައި އައްޑުއަށް ގެއްލުންތަކެއް ވެއްޖެއެވެ.
އެމްއެންޑިއެފުން ބުނީ ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ބައެއް ގެތަކުގެ ފުރާޅު، ވަޔާ އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެ އިދާރާއިން ބުނީ ވިއްސާރައާ އެކު އެރި ކޮޅިގަނޑުގައި މިހާތަނަށް ހަތަރު ގެއެއްގެ ފުރާޅު ވަޔާ އެއްލާލާފައިވާތީ، އެ ގެތަކަށް ސިފައިން ގޮސް، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން ރޭ 23:20 ހާއިރުން ފެށިގެން މިއަދުގެ ހެނދުނު 8:00 އާއިދެމެދު ހިނގި މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މި ވަގުތު ވަނީ ތ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް، ބޯކޮށް ވާރޭ ވެހި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ. މި ސަމާޅު ނެރެފައި ވަނީ މިއަދުގެ 10:00 ން ފެށިގެން ހަވީރު 4:00 އާއި ހަމައަށެވެ.
މެޓް އޮފީހުގެ ހިސާބުތައް ދައްކާގޮތުން އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އައްޑޫ ސިޓީ ހިތަދުއަށެވެ. އެ ރަށަށް އިއްޔެ 92.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެން އެންމެ ގިނައިން ވެހިފައި ވަނީ އައްޑޫ ސިޓީ ގަމަށާއި ހުޅުމީދޫއަށެވެ.
އިތުރަށް





.gif.gif&w=828&q=100)
