logo
logo
ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެތީ ދުރާލާ ފިޔަވަޅު އެޅުމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފި

ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެތީ ދުރާލާ ފިޔަވަޅު އެޅުމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފި

2025 ޑިސެމްބަރު 20
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެތީ ދުރާލާ ފިޔަވަޅު އެޅުމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ބުނީ މިއަދު، ބޯކޮށް ވާރޭ ވެހުމާއެކު ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ނިމުތުކޮށް، މމޫސުމާބެހޭ ޤައުމީ އިދާރާއިން، މާލެ އާއި މާލެ ކައިރި އަތޮޅުތަކަށް ރީނދޫ އިންޒާރު ނެރެފައިވާ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

"ވިއްސާރަވެ ވައިގަދަވުމާއި ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރަން." އެންޑީއެމްއޭއިން ބުނެފައިވެއެވެ.

 

 

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް، މިއަދު މެންދުރުފަހު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް