
ހިޔާ އަލިފާނުގެ ހާދިސާއާއި ގުޅިގެން 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި
ޒައުޖަތު އަޙުމަދުހިޔާ ޓަވަރެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ޙާލުގައި ޖެހުނު 85 މީހަކަށް ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
ހުކުރު ދުވަހުގެ ރޭ މި ހާދިސާ ހިނގާފައި ވަނީ ހިޔާ ސަރަހައްދުގެ 5 ވަނަ ޓަވަރުގައެވެ.
މި ހާދިސާގައި އެ ޓަވަރުގެ 38 އެޕާޓްމަންޓުގެ ނަރުދަމާ ހޮޅިތަކަށް ވަނީ ގެއްލުންވެފައެވެ.
މި ހާދިސާއާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ބުނީ މި ހާދިސާއާ ގުޅިގެން މިހާތަނަށް އެހީތެރިކަން ބޭނުންވެގެން ރިޕޯޓުކޮށްފައިވާ 18 އެޕާޓްމަންޓުގައި ދިރިއުޅޭ 85 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސުމަށާއި ކެއުން ބުއިމަށް އެހީ ދީފައިވާ ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން ނަރުދަމާއަށް ލިބުނު ގެއްލުން ދެނެގަނެ މަރާމާތު ކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ.
މި އަލިފާނުގެ ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން އެޗްޑީސީއާއި އެންޑީއެމްއޭއިން ބަލަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ރޭ 18:33 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އެ ސަރަހައްދަށް ފަޔަރ ފައިޓަރުންދިޔައިރު އެ ޓަވަރުގައި ވަރަށް ބޮޑަށް ދުން ހުރުމުން އާއްމުން ރައްކާތެރި ހިސާބަށް ގެންދިއުމާއި ދުން ބޭރުކުރުމުގެ މަސައްކަތް ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ޓަވަރުގެ 9ވަނަ ފްލޯއާއި 14ވަނަ ފްލޯއާއި ދެމެދުގެ ވައިގޮޅީގައި ހުރި އެސީ އައުޓްޑޯއެއްގައި ކަމަށާއި މި ހާދިސާގެ ސަބަބުން އެ ޓަވަރުގެ ވައި ގޮޅިގައި ހުންނަ ފެންހޮޅިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެގެން ސިފައިން ޙަރަކާތްތެރިވަނީ 2026 ޖެނުއަރީ 07
ކުއްލި ޙާލަތުގައި ބޭނުންކުރާ ގިނަ ސާމާނު ދިވެހި ފުލުހުންނަށް ހަދިޔާކޮށްފި2025 ޑިސެމްބަރު 27
އަންބަރާ ކައިރީގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ 2025 ޑިސެމްބަރު 24
ހިޔާ ސަރަހައްދުގައި ރާޒުވާ ބޯޑުތަކެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފި2025 ޑިސެމްބަރު 24