ޤަޠަރުގެ ގޭސް ޕްލާންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 13 މީހުން މަރުވެއްޖެ

ޤަޠަރުގެ ގޭސް ޕްލާންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 13 މީހުން މަރުވެއްޖެއެވެ.
ޤަޠަރުގެ ރަސްލައްފާން އިންޑަސްޓްރިއަލް ސިޓީގައި ހުންނަ ބަރްޒާން ގޭސް ސަޕްލައި ފެސިލިޓީގައި ހިނގި ނުރައްކާތެރި ގޮވުމަކާއި ގުޅިގެން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 13 މީހުން މަރުވެއްޖެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.
މި ހާދިސާގައި އިތުރު 66 މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.
އާދީއްތަ ދުވަހުގެ ރޭ ހިނގި މި ހިތާމަވެރި ހާދިސާއާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެނާޖީ އެފެއާޒް އަދި ޤަޠަރު އެނާޖީގެ ސީ.އީ.އޯ ސާދު ޝެރީދާ އަލް-ކާބީ ވިދާޅުވީ، އެއީ ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ކަމަށެވެ.
އޭނާ ވިދާޅުވީ މި ހާދިސާއަކީ ގަސްތުގައި ދީފައިވާ ގެއްލުމެއް ނުވަތަ ބައެއްގެ ނުބައި ރޭވުމަކުން ހިނގާފައިވާ ކަމެއް ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ.
ގިނަ އަދަދެއްގެ މަސައްކަތްތެރިން އުޅެމުން އަންނަ ޤަޠަރުގައި ހިނގި މި ހާދިސާގައި މަރުވީ އެ ޤައުމުގެ ރައްޔިތުން ކަމެއް އަދި ބޭރުގެ މަސައްކަތްތެރިން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ޤަޠަރަކީ މިފަދަ ހާދިސާތައް މަދު، އަމާން އަދި ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)