logologologologo
STO
ޚަބަރު

މިލަންދޫގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި

މިލަންދޫގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 02

ށ. މިލަންދޫގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފިއެވެ.

ރޯވީ އެރަށުގައި ފައިބަރު މަސައްކަތް ކުރަމުން އަންނަ ސަރަހައްދެއްގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރުގެ ވަގުތުގައެވެ.

މި ހާދިސާގެ ވީޑިއޯ މީސްމީޑިއާގައި ދައުރުވަމުން އަންނައިރު އެ ސަރަހައްދުގެ ބޮޑު ބައެއްގައި ރޯވެފައިވާތަން ފެނެއެވެ. އަދި އަލިފާން ނިއްވުމުގައި ރަށުގެ ރައްޔިތުންނާއި ފުލުހުން ހަރަކާތްތެރިވާތީ ފެނެއެވެ.

ރަށު މީހުން ބުނި ގޮތުގައި އެތަނުގައި ހުރި ވަރަށް ގިނަ ޑިންގީ އަދި ލޯންޗުގައި ވަނީ ރޯވެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފައިބަރު މަސައްކަތް ކުރާ ތަނެއްގައި އަލިފާން ރޯވެފައިވާ މައްސަލަ ރޭ 23:09 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ ދަންވަރު 01:00 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް ތިން ޑިންގީ އަކާއި ޑިންގީ އެޅުމަށް ބޭނުންކުރާ ތައްގަނޑު ތަކެއްގެ އިތުރުން ފައިބަރު މަސައްކަތުގައި ބޭނުންކުރާ ތަކެއްޗަށާއި ތަނަށް ގެއްލުން ވެފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް