އެއް މަސްތެރޭ މިލަންދޫ އެއާޕޯޓް އަޅާ ބިން ހިއްކައި ނިންމާލައިފި

ށ. މިލަންދޫ އެއާޕޯޓް އަޅާ ބިންއެއް މަސްތެރޭ ހިއްކައި ނިންމާލައިފިއެވެ.
މި މަސައްކަތް ނިމިފައިވާކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިލަންދޫ އެއާޕޯޓް އަޅަން ބޭނުންވާ ބިން، 31 ދުވަހުން ހިއްކާ ނިމިފައިވާ ކަމަށެވެ.
އެމަނިކުފާނު ހިއްސާ ކުރެއްވި މަޢުލޫމާތުތަކަށް ބަލާއިރު، އެ މަސައްކަތް ފަށާފައި ވަނީ ހުސްވި އޭޕްރީލްމަހުގެ 3 ވަނަ ދުވަހުއެވެ. އަދި އެ މަސައްކަތް ނިންމާފައިވަނީ މި ހިނގާ މެއި މަހުގެ 4 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެދަށުން މިލަންދޫ ފަޅުން 21 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ.
މިލަންދޫގައި އެއާޕޯޓް އަޅަނީ 25.90 ހެކްޓަރުގެ ބިމެއްގައެވެ. އެއާޕޯޓް އަޅާ ސަރަހައްދަށް ބޭނުންވާ ބިމުގެ ގޮތުގައި އެ ރަށުގެ ބިމުން 4.9 ހެކްޓަރުގެ ބިން އިތުރު ކުރާނެއެވެ.
މިލަންދޫގެ ބިން ހިއްކާފައި ވަނީ 35،000 ކިއުބިކް މީޓަރ ކެޕޭސިޓީގެ، "ކުއީން އޮފް ދަ ނެދަލޭންޑްސް" ނަމަކަށް ކިޔާ ޑްރެޖަރު ބޭނުންކޮށްގެންނެވެ.
އިތުރަށް





.gif.gif&w=828&q=100)
