
ކުއްލި ޙާލަތުގައި ބޭނުންކުރާ ގިނަ ސާމާނު ދިވެހި ފުލުހުންނަށް ހަދިޔާކޮށްފި
ޒައުޖަތު އަޙުމަދުކުއްލި ޙާލަތުގައި ބޭނުންކުރާ ގިނަ ސާމާނު ދިވެހި ފުލުހުންނަށް ހަދިޔާކޮށްފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓާ، އެންޑީއެމްއޭއިން ބުނީ މިތަކެތި ހަދިޔާ ކޮށްފައި ވަނީ އެން.ޑީ.އެމް.އޭ އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސް ގުޅިގެން ކަމަށެވެ.
އެންޑީއެމްއޭއިން ބުނީ މި އެހީގައި 2.6 މިލިއަން ރުފިޔާގެ، ކުއްލި ޙާލަތްތަކުގައި ބޭނުންކުރާ ސާމާނު ހިމެނޭ ކަމަށެވެ. މި ތަކެތި ދިވެހި ފުލުހުންގެ ޚިދުމަތަށް ހަދިޔާކޮށްފައި ވަނީ އިއްޔެއެވެ.
ޕްރޮޖެކްޓް ފޯރ ރިސްކް- އިންފޯމްޑް ޑިވޮލޮޕްމެންޓް އިން ސްމޯލް އައިލޭންޑް ޑިވޮލޮޕިން ސްޓޭޓް ޕްރޮޖެކްޓްގެދަށުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި 5 ދާއިރާއަކުން 2,064 އައިޓަމް ހިމެނޭ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.
"މިފޯރުކޮށްދިން ތަކެތީގެ ބޭނުން ހާދިސާތައް ހިނގާއިރުވެސް ކުރެވޭނެ، މިއީ އެކަމަށް ވަރަށް މުހިންމު ތަކެތި" ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވިއެވެ.
ފުލުހުން ބުނީ މިއީ ޤައުމީ ފެންވަރުގައި ކުއްލި ޙާލަތްތަކަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ފޯރުކޮށްދިން އެހީތެރިކަމެއް ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most


