
ކުއްކުރާ "ހޮޓް ސްޕޮޓް" ތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން!
ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް އިތުރުވަމުންދާކަމަށް ކޮމިޝަނާ އޮފް ޕޮލިސް، އިސްމާއިލް ނަވީން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރާ އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ ކުށުގެ މާހަލުތަކުން ކުޑަކުދިން ފެންނަ މިންވަރު އިތުރުވަމުންދާކަން ފާހގަަކުރެވޭކަމަށެވެ.
"އެންމެ ފަހުން އޯލެވެލް ހެދި ކުދިން ނުވަތަ ކިރިޔާ 18 އަހަރުވެފައި ތިބޭ ކުރިން އަދި 17 އަހަރުގެ ކުދިން މިހާރު އެތަންތަނުން އެފެންނަނީ. ހޮސްޓް ސްޕްޓްސްއޭ މިކިޔާ ތަންތަނުންވެސް މި ފެންނަނީ 17 އަހަރުގެ ކުދިން" ސީޕީ ނަވީން ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ އެފަދަ މާހައުލުތަކުން ކުރިން ފެންނަ މޫނުތައް މަދުވެފައިވާކަމަށާ މިހާރު ފެންނަނީ އައު މޫނުތަކެއް ކަމަށާއި ގިނައީ ކުޑަކުދިންކަމަށެވެ. އެހެންކަމުން މިއީ މިހާރު އިންތިހާ ދަރަޖައަށް ކަންބޮޑުވުން އޮތް ކަމެއްގެ ގޮޮތުގައި ސީޕީ ނަވީން ވަނީ ފާހަގަކުރެއްވިއެވެ.
ސީޕީ ވިދާޅުވީ މިހާރު އެކުދިން ކުށެއް ނުކުރާތީ ނަސޭހަތްދީ ފޮނުވައިލި ނަމަވެސް ކުރިއަށް އޮތްތަނުގައި ކުށްތަކަށް މިކުދިން އަރައިގަނެފާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ.
އެހެންކަމުން މިކަމުގައި މައިން ބަފައިންނާއި އެފަދަކުދިންގެ ބެލެނިވެރިން ސަމާލުވެ، ދަރިން ގޮސްއުޅޭ ތަންތަން ދެނެގަނެ ގާތުން އެކުދިންގެ ކަންކަން ބެލުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
މި ޕްރެސްކޮންފްރެންސްގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުށުގެ މާހައުލުގައި އުޅޭ 220 ކުޑަކުއްޖަކަށް މިވަގުތު ވެސް ޖުނެނައިލް ޖަސްޓިސްގެ ދަށުން އެކި ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށެވެ. އަދި ކުށުގެ މާހައުލަށް ވަނުމުގެ ބިރު އޮތް 162 ކުއްޖަކަށް ހިދުމަތް ދެމުންދާ ކަމަށެވެ.
މީގެ އިތުރުން ކުށުގެ މާޙައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑް" މަޝްރޫގެ ކުރިއަށް ގެންދިއުމަށް ކްރޮސް ސަބްސިޓީގެ އުސޫލުން އެމަސައްކަތަށް އިންވެސްޓްކުރާނެ ފަރާތެއް ހޯދިފައިވާކަމަށާއި، އެއާއެކު ހޯޕް އައިލެންޑްއެގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށިގެންދާނެކަމަށް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އަމީން މިއާގެ މަރު- ހައިމާކު ދުއްވަން އިން މީހާ ހައްޔަރުކޮށްފި2026 ފެބްރުއަރީ 01
ސައްޙަ ނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި2026 ފެބްރުއަރީ 01
ގެއްލިގެން ހޯދި ޢަބްދުލް ޢަޒީޒު ހުރީ ތިލަފުށީގައި!2026 ޖެނުއަރީ 28
ފުވައްމުލަކަށް ނިސްބަތްވާ މީހަކު ގެއްލިގެން ހޯދަންފަށައިފި2026 ޖެނުއަރީ 27