logo
logo
ރައީސަށް ޝަކުވާ ހުށަހެޅިތާ 24 ގަޑިއިރު ނުވަނީސް ޢަމަލީ މަސައްކަތް ފައްޓަވައިފި

ރައީސަށް ޝަކުވާ ހުށަހެޅިތާ 24 ގަޑިއިރު ނުވަނީސް ޢަމަލީ މަސައްކަތް ފައްޓަވައިފި

2025 ޑިސެމްބަރު 17
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ބިދޭސީންގެ ޢަމަލުތައް ހުންނަގޮތުން ކަންބޮޑުވުން ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ޝަކުވާ ހުށަހެޅިތާ 24 ގަޑިއިރު ނުވަނީސް ޢަމަލީ މަސައްކަތް ފައްޓަވައިފިއެވެ.

ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރުމާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާކަމަށް ބުނެ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން ބައްދަލު ކުރެއްވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ގަލޮޅުގައި ދިރިއުޅުއްވާ ރައްޔިތުންނާއިއެކު ރޭ ބޭއްވި ބައްދަލުވުމުގައެވެ.

މި ކަންބޮޑުވުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީއާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާތީ, ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅުއެޅުމަށް މިރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާއިބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ދަންނަވާފައިވާނޭ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ބާއްވަވާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ސިލްސިލާގެތެރެއިން ބައްދަލުވުމެއްގައި މަސާޖުޕާލާތައް ހުއްޓުވައިދިނުމަށް ވެސް ބައެއް ރައްޔިތުން އެމަނިކުފާނުގެ އަރިހުން އެދިފައިވެއެވެ. މިކަމަށް ވެސް ސަރުކާރުން ވަގުތުން ފިޔަވަޅު އަޅުއްވާފައިވާކަން ފާހަގަ ކުރައްވާ ރޭގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއިއެކު އިތުރު އިސްކަމެއް ދީގެން ކުރި މަސައްކަތުން ހަފުތާއެއްހާ ދުވަސްތެރޭ 52 މަސާޖުޕާލާ ބަންދުކޮށްފައިވާ ކަމަށެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް