logo
logo
ހިޔާ ސަރަހައްދުގައި ބީއެމްއެލް އޭޓީއެމެއް ބަހައްޓައިފި

ހިޔާ ސަރަހައްދުގައި ބީއެމްއެލް އޭޓީއެމެއް ބަހައްޓައިފި

2025 ޑިސެމްބަރު 17
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ބޭންކް އޮފްމޯލްޑިވްސްގެ އޭޓީއެމް އެއް ބަހައްޓައިފި އެވެ.

މި އޭޓީއެމް ބަހައްޓާފައިވަނީ ހިޔާގެ 6 ވަނަ ޓަވަރާއި 7 ވަނަ ޓަވަރާ ދޭތެރޭގައި އޮންނާ ޕާކިންގ ޒޯން ތެރޭގައެވެ.

ހިޔާ ސަރަހައްދުގައި މީހުން ދިރިއުޅޭތާ 5 ވަރަކަށް އަހަރުވެފައި ވީނަމަވެސް އެސަރަހައްދުގައި މީގެ ކުރިން އޭޓީއެމްގެ ހިދުމަތް ލިބޭކަށް ނުހުރެއެވެ. އެންމެ ކައީގައި ހުންނަ ބީއެމްއެލް އެޓީއެމް ވެސް ހުންނަނީ ވިނަރެސް ފްލެޓްތަކުގައެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ބޭންކު، ބޭންކް އޮފް މޯލްޑިވްސްއިން "މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް" ގެ ނަމުގައި ފަށާފައިވާ މަޝްރޫޢުގެ ދަށުން، މިއަހަރުގެ މިހާތަނަށް 90އަށް ވުރެ ގިނަ ރަށުގައި ވަނީ އޭޓީއެމްގެ ހިދުމަތް ތައާރަފުކޮށްފައެވެ.

މިހާރު މާލެ ފިޔަވައި 187 ރަށެއްގައި ބީއެމްއެލް އޭޓީއެމް ޤާއިމްކުރެވި، ޖުމްލަ 246 އޭޓީއެމް ހުރިކަން ފާހަގަކުރެވެއެވެ. 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް