
އަންނަ މާރިޗްގެ ކުރިން 40 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަން ނިންމަވައިފި
ޒައުޖަތު އަޙުމަދުއަންނަ އަހަރުގެ މާރިޗް މަސް ނިމުމުގެ ކުރިން އިތުރު 40 ރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމް ބަހައްޓަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އެމަނިކުފާނު މިހާރު މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުލީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ޤާނޫނެއް ތައާރަފުކޮށް ސަރުކާރުން ޢަމަލުކުރަން ފެށުމުގެ ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށާއި އަދި ރަށްތަކުގައި އޭޓީއެމްތައް ޤާއިމުކުރަނީ ވެސް ޑޮލަރުގެ މައްސަލަ ހައްލުކުރުމުގެ ވިސްނުމުގައި ކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢު، އޮކްޓޯބަރު މަސް ނިމޭއިރު ނިމިގެންދާނެ ކަމަށާ އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވަޢުދުވެވަޑައިގަތް ތާރީޚުގެ ދެ މަސް ކުރިން އެ މަސައްކަތް ނިމިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރަށްރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ ޑޮލަރުގެ މައްސަލައަށް ހައްލު ގެނައުމާއި ޓޫރިޒަމް ވިޔަފާރިތަކަށް ވަރަށް މުހިންމު ކަމެއްކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ޑޮލަރު އޭޓީއެމް ބަހައްޓަން ނިންމަވާފައި ވަނީ މިހާރު ޑޮލަރު އޭޓީއެމް ނުބެހެއްޓޭ ސިޓީތަކާއި އަދި އޭގެ އިތުރަށް ލޯކަލް ޓޫރިޒަމްގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ރަށްތަކުގެ ތަރުތީބުން ކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމު ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހޯމަދުވަހު ފުރާވަޑައިގަންނަވާނެ!2026 އޭޕްރީލު 05
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަޙުމަދު މުޙައްމަދު ޢައްޔަނު ކުރައްވައިފި2026 އޭޕްރީލު 05
އިންތިޚާބުތަކުގެ ނަތީޖާއާއެކު ރައީސް މުޢިއްޒު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް: ޝިޔާމް2026 އޭޕްރީލު 05
ރައީސް އިލްތިމާސްކުރެއްވީ އެންމެންވެސް ވޯޓުލުމުގެ ހައްގު އަދާކުރަން2026 އޭޕްރީލު 04