
އޭޓީއެމް ބެހެއްޓުމަކީ ކުރެވޭ އިންވެސްޓްމަންޓެއް: ފިރާޤް
ޒައުޖަތު އަޙުމަދުގިނަ ރަށްތަކުގައި އޭޓީއެމް ބެހެއްޓުމަކީ ކުރެވޭ ސްޓްރެޓެޖިކް އިންވެސްޓްމަންޓެއް ކަމަށް އެމްއޭސީއެލްގެ ކުރީގެ ބޯޑު މެމްބަރު އަދި ފަތުރުވެރިކަމުގެ ދާއިރާގައި އިސްކޮށް ޙަރަކާތްތެރިވާ މުޙައްމަދު ފިރާޤް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފިރާޤް ވިދާޅުވީ ގިނަ ރަށްތަކުގައި އޭޓީއެމް ބެހެއްޓުމަކީ މައްސަލައެއްގެ ގޮތުގައި ބަލަން ނުޖެހޭނެ ކަމަށާ އެކަމަކީ ބޭންކަށާ އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއް ލިބިދާނެ ކަމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްގެ ގޮތުގައި ހިމެނިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ދަނީ ކުރަމުންނެވެ. އަދި މިކަމަށް ސިޔާސީ ފަރާތްތަކުން ފާޑު ކިޔަމުން އަންނަކަން ވެސް ފާހަގަ ކުރެވެއެވެ.
ފިރާޤް ވިދާޅުވީ ދަތުރުކުރާ ފަތުރުވެރިންގެ ދަތުރުތައް އެއްވަރަކަށް ކުރިއަށްދާއިރު، އެކްސެސިބަލް އޭޓީއެމްތައް ހުރުމުން ފަސޭހަކަމާއެކު ސީދާ ބޭންކިން ނިޒާމުން ފައިސާ ނެގޭނެ ކަމަށާއި މިއީ ފަތުރުވެރިންނަށް އިތުރު ހޭދަތައް ކުރުމަށް ފަސޭހަކަން އިތުރުކޮށްދިނުމުގެ އިތުރުން ބޭންކަށް އިތުރު ޑޮލަރު އިންފްލޯތައް ލިބި މެނޭޖްކުރެވޭނެ ކަމެއް ކަމަށެވެ.
"މިވަގުތު ގެސްޓްހައުސްތަކާއި ހޮޓަލްތަކުގައި މަޑުކުރާ ގިނަ ފަތުރުވެރިން ހޮޓަލުގެ ޕީއޯއެސް ސިސްޓަމް އިން މެދުވެރިކޮށް ފައިސާ މާރުކުރެއެވެ، މިފަދަ ހާލަތްތަކުގައި އަބަދު ބޭރު ފައިސާގެ ކޮންޓްރޯލް ހަރުދަނާ ގޮތަކަށް ބޭންކުތައް މެދުވެރިކޮށް މުއާމަލާތްތައް ނުހިނގެވި ދާނެ އެވެ. އޭޓީއެމްތަކުގެ ޙިދުމަތް ފުޅާކޮށްގެން ބޭންކު އަށް މި މުޢާމަލާތްތައް މޮނިޓަރ ކުރެވޭނެ ފައިދާހުރި ގޮތެކެވެ. ، މިއީ އާޚިރުގައި ހާމަކަން ބޮޑުވެ، ބޭންކިންގ ނެޓްވޯކްގެ ތެރޭގައި ބޭރު ފައިސާ ދައުރުވުން އިތުރުކޮށްދޭ ކަމެކެވެ." ފިރާޤގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ފިރާޤް ވިދާޅުވީ އޭޓީއެމްތަކުގެ ސަބަބުން ނުރަސްމީ ކޭޝް ޗެނަލްތަކަށް ބަރޯސާވުން މަދުވެ، ނިޒާމަށް އިތުރު އިތުބާރު އުފެދި، ބޭންކިން ދާއިރާއަށާއި ލޯކަލް ވިޔަފާރިތަކަށް ވެސް ދިގު މުއްދަތުގެ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
ފަތުރުވެރިންނަށް އެއީ އެމީހުންގެ ފައިސާ ރައްކާތެރިކަމާއެކު ލިބޭނެކަން އެނގި އިތުބާރު އިތުރުކޮށްދޭ ކަމެއް ކަމަށާ އަދި އެކަމަކީ ބޭންކަށް ބޭރު ފައިސާގެ ހިފެހެއްޓުމެއް ބިނާކޮށްދޭ ކަމެއް ކަމަށް ވެސް ފިރާޤް ވިދާޅުވިއެވެ.
ފިރާޤް އިތުރަށް ވިދާޅުވީ އެކި ހިސާބުތަކުގައި އޭޓީއެމް ބެހެއްޓުމަކީ ހަމައެކަނި އަމަލީ ފިޔަވަޅެއް ނޫން ކަމަށާ އެއީ މުސްތަޤުބަލަށް ކުރެވޭ ސްޓްރެޓެޖިކް އިންވެސްޓްމަންޓެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ރިސޯޓުތަކުގައި ވެސް އޭޓީއެމް ބެހެއްޓޭނަމަ ބަހައްޓަންވީ ކަމަށް އޭނާ ވިދާޅުވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ބޭންކް އޮފް މޯލްޑިވްސްއަށް ތާރީޚީ ދުވަހެއް: 70 ޑޮލަރު އޭޓީއެމް ހިމެނޭހެން 90 އޭޓިއެމް އިފްތިތާހުކޮށްފި2026 އޭޕްރީލު 02
ދިވެހި ޑިޖިޓަލް ވޮލެޓް، "ސްވައިޕް"ގެ ޚިދުމަތް އަންނަ މަހު ފަށަނީ2025 ޑިސެމްބަރު 30
ހުޅުމާލެ ފޭސް 2 ގައި ބީއެމްއެލްއިން އިތުރު 2 އޭޓީއެމްގެ ޚިދުމަތް ފަށައިފި2025 ޑިސެމްބަރު 18
ހިޔާ ސަރަހައްދުގައި ބީއެމްއެލް އޭޓީއެމެއް ބަހައްޓައިފި 2025 ޑިސެމްބަރު 17