logo
logo
ހުޅުމާލެ ފޭސް 2 ގައި ބީއެމްއެލްއިން އިތުރު 2 އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހުޅުމާލެ ފޭސް 2 ގައި ބީއެމްއެލްއިން އިތުރު 2 އޭޓީއެމްގެ ޚިދުމަތް ފަށައިފި

2025 ޑިސެމްބަރު 18
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ހުޅުމާލެ ފޭސް 2 ގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން އިތުރު 2 އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

މި އޭޓީއެމް ސެންޓަރުތަކުގެ ޚިދުމަތް އިފްތިތާޙް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވޔަފާޜިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުރުން ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބު އަދި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިއަދު ޚިދުމަތް ފެށީ ހިޔާ ފްލެޓް ސަރަހައްދުގެ އިތުރުން ސްޓެލްކޯ ފްލެޓް ހިމެނޭ ސަރަޙައްދުގައެވެ.

ހިޔާ ސަރަޙައްދުގައިއޭޓީއެމް ސެންޓަރު ބަހައްޓާފައި ވަނީ ހިޔާ ޓަވަރުގެ 6 އާ ޖެހިގެން އޮންނަ ބިމުގައެވެ. މިތަނުގައި ބަހައްޓާފައި ވަނީ ރުފިޔާ އޭޓީއެމް ސެންޓަރެކެވެ.

މީގެ އިތުރުން، ސްޓެލްކޯ ފްލެޓްތައް ކުރިމަތީގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރެއް ވެސް ވަނީ ގާއިމުކޮށްފައެވެ. މި އޭޓީއެމް ސެންޓަރުތަކުގެ ސަބަބުން މި ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް ދުވާލު 24 ގަޑިއިރު ބޭންކިން ޚިދުމަތްތައް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބޭންކުގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ މުޖުތަމައުތަކަށް ވީހާވެސް ފަސޭހައިން މާލީ ޚިދުމަތްތަކަށް ވާސިލުވެވޭނެ ގޮތް ހަމަޖެއްސުމަށް ކަމަށެވެ.

އަލަށް ހުޅުވި ދެ އޭޓީއެމް ސެންޓަރާއެކު، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޭންކިންގް ޚިދުމަތްތައް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

 

 

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ހުޅުމާލެ ފޭސް 1 ގައި ގާއިމުކޮށްފައިވާ ބޭންކުގެ ބްރާންޗާއި 4 ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރުތަކުން ޚިދުމަތެއް ފޯރުކޮށްދެމުންނެވެ.

ރާއްޖޭގެ 20 އަތޮޅުގައި ބީއެމްއެލްގެ 42 ބްރާންޗް، 267 އޭޓީއެމް ހުންނައިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް މިހާރު ވަނީ ގާއިމުކޮށްފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް