ދިވެހި ޑިޖިޓަލް ވޮލެޓް، "ސްވައިޕް"ގެ ޚިދުމަތް އަންނަ މަހު ފަށަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިޖިޓަލް ވޮލެޓް ސްވައިޕްގެ ބީޓާ ޓެސްޓިންގ މަރުހަލާ ފަށާފައިވާ ބީއެމްއެލްއިން ބުނެފިއެވެ.
އެ ބޭންކުން މިއަދު ބުނީ "ސްވައިޕް"ގެ ބީޓާ ޓެސްޓިން މަރުހަލާގައި ބައެއް ކަސްޓަމަރުންނާއި ވިޔަފާރިތައް ބައިވެރިކޮށްފައިވާ ކަމަށެވެ. މިއީ "ސްވައިޕް"ގެ ހިދުމަތް އާއްމުކޮށް ހުޅުވައިލުމުގެ ކުރިން، އެ ހިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކުރާ މުހިންމު ޓެސްޓިންއެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލުން ވިދާޅުވީ، އަންނަ ޖެނުއަރީ މަހުން ފެށިގެން ސްވައިޕް ޕްލެޓްފޯމްގައި ވިޔަފާރިތައް ރަޖިސްޓްރީ ކުރަން ފަށާނެ ކަމަށެވެ. އަދި ހަމަ އެމަހުގެ ތެރޭގައި ކަސްޓަމަރުންނަށް ސްވައިޕް އާންމުކޮށް ހުޅުވާލައި، ރާއްޖޭގައި ކުރާ މުއާމަލާތްތަކުގެ ތެރެއިން އެކަކު އަނެކަކަށް ވަގުތުން ފައިސާ ފޮނުވުމާއި، ފައިސާ ލިބުމުގެ ޚިދުމަތްވެސް ފެށިގެންދާނެ ކަމަށެވެ. މީގެ ސަބަބުން ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް، ވިޔަފާރިތަކަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ބީއެމްއެލްގެ އަމާޒަކީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްވައިޕްގެ ޚިދުމަތްތައް ރާއްޖެއިން ބޭރަށް ފުޅާކުރުމެވެ. މިއާއެކު ބީއެމްއެލުން ދުނިޔޭގެ މަޤުބޫލު ޕޭމަންޓް ނެޓްވޯކްތަކާ ގުޅިގެން ސްވައިޕް މެދުވެރިކޮށް ދިވެހީންނަށް ރާއްޖެއިން ބޭރުން ފައިސާ ގެނެވޭނެ ގޮތް ހަމަޖައްސައި، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ދިވެހި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ގޮތާއި، ދިވެހީންނަށް ރާއްޖެއިން ބޭރުގައި ފައިސާ ދެއްކުމުގެ ނިޒާމު ހަމަޖެހިގެންދާނެ ކަމަށް އެބޭންކުން ވިދާޅުވެއެވެ.
"ސްވައިޕް" އަކީ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާ އެކު ތަރައްގީ ކޮށްފައިވާ، ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގަވާއިދުތަކާއި ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމަ އަށް ދުނިޔޭގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
އިތުރަށް





.gif.gif&w=828&q=100)
