އޭޓީއެމްގެ ވަޢުދު- ފާއިތުވި 24 އަހަރު ގާއިމުކުރި ވަރަށްވުރެ އިތުރަށް މި އަހަރު އޭޓީއެމް ގާއިމުކޮށްފި!
ޒައުޖަތު އަޙުމަދުރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލައްވާފައިވާ ވަޢުދުފުޅުގެދަށުން، ފާއިތުވި 24 އަހަރު ގާއިމުކުރި ވަރަށްވުރެ އިތުރަށް މި އަހަރު އެކަނި އޭޓީއެމް ގާއިމުކޮށްފިއެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި 2000 ވަނަ އަހަރު މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ފަށައިގެން މި ދިޔަ އަހަރާއި ހަމައަށް ފާއިތުވި 24 އަހަރުތެރޭ މާލެ ފިޔަވާ ބީއެމްއެލް އޭޓީއެމް ގާއިމު ކުރެވުނީ 81 ރަށުގައެވެ.
ބީއެމްއެލްއިން ބުނީ މިއަދު އދ. މަންދޫގައި ބީއެމްއެލް އޭޓީއެމް ގާއިމު ކުރެވުމާއިއެކު، ހަމައެކަނި މި އަހަރުން ފާއިތުވި 8 މަސް ދުވަހުގެތެރޭ 95 ރަށުގައި އޭޓީއެމް ގާއިމުކޮށް ނިމުނީ ކަމަށެވެ.
މަންދޫގައި ބީއެމްއެލްއިން ގާއިމުކުރި 250 ވަނަ އޭޓީއެމްއެވެ.
މަންދޫގައި އޭޓީއެމް ގާއިމު ކުރެވުމާއިއެކު ދެން އޭޓީއެމް ގާއިމުކުރަން ބާކީ އޮތީ އެންމެ 10 ރަށް ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ. އޭގެތެރޭގައި ޅ. އަތޮޅުގެ 1 ރަށް، ލ. އަތޮޅުގެ 7 ރަށް އަދި އައްޑޫ ސިޓީގެ 2 ރަށް ހިމެނެއެވެ.
ބީއެމްއެލްއިން ބުނީ ކުރިއަށް އޮތް ވިއްސަކަށް ދުވަހުގެތެރޭ އޭޓީއެމް ގާއިމުކުރުމުގެ ޕްރޮޖެކްޓް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ވަޢުދުފުޅު ފުއްދެވުމުގައި ސަރުކާރުން މިވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައިކަން ފާހަގަ ކުރެވެއެވެ. އެގޮތުން 24 އަހަރުން 81 ރަށުގައި އޭޓީއެމް ބެހެއްޓިފައިވާއިރު މި ސަރުކާރުން މިވަނީ 8 މަސް ދުވަހުން 95 ރަށުގައި އޭޓީއެމް ގާއިމުކޮށްފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހޯމަދުވަހު ފުރާވަޑައިގަންނަވާނެ!2026 އޭޕްރީލު 05
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަޙުމަދު މުޙައްމަދު ޢައްޔަނު ކުރައްވައިފި2026 އޭޕްރީލު 05
އިންތިޚާބުތަކުގެ ނަތީޖާއާއެކު ރައީސް މުޢިއްޒު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް: ޝިޔާމް2026 އޭޕްރީލު 05
ރައީސް އިލްތިމާސްކުރެއްވީ އެންމެންވެސް ވޯޓުލުމުގެ ހައްގު އަދާކުރަން2026 އޭޕްރީލު 04