
ޤަވާޢިދާ ޚިލާފަށް ހިންގަމުންދިޔަ 37 ވިޔަފާރިއެއް ބަންދުކޮށްފި
ޒައުޖަތު އަޙުމަދުޤަވާޢިދާ ޚިލާފަށް ހިންގަމުންދިޔަ 37 ވިޔަފާރިއެއް ބަންދުކޮށްފިއެވެ.
ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި ނޮވެމްބަރު މަހުގެ 29 ން ފެށިގެން ޑިސެމްބަރު މަހުގެ 15 އާއި ހަމައަށް 37 ވިޔަފާރިއެއް ބަންދުކޮށްފައިވެއެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި ޤަވާޢިދާއި ޚިލާފަށް ހިންގަމުންދާ ވިޔަފާރިތައް ރިޕޯޓް ކުރުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 252 ޝަކުވާ ލިބިފައިވެއެވެ. އަދި އޭގެތެރެއިން 98 ވިޔަފާރިއެއް ބަލާފާސްކޮށްފައިވެއެވެ.
މީގެތެރެއިން 25 ވިޔަފާރިއެއް ބަންދު ކުރީ ވިޔަފާރިއާބެހޭ ޤާނޫނުތަކާއި ޚިލާފުވެގެން ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ހަމައެހެންމެ، އެހެނިހެން ޤާނޫނުތަކާއި ޚިލާފުވެގެން 12 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް ވިޔަފާރިއާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
އެ ވުޒާރާއިން ބުނީ އަލުން ހުޅުވުމަށް 8 ވިޔަފާރިއަކަށް ހުއްދަ ދީފައިވާ ކަމަށެވެ.
ޤަވާޢިދާއި ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން ޚާއްޞަ ލިންކެއް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ތަޢާރަފްކޮށް އެފަދަ ވިޔަފާރިތައް ރިޕޯޓު ކުރުމަށް އާންމުންގެ ކިބައިން އެދިފައި ވަނީ ހުސްވި ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު އެސްޓީއޯ އިން ވިއްކާ އަސާސީ ކާބޯތަކެތީގެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި2026 މާރިޗު 04
ރާއްޖޭގައި ބަނގުރަލާއި މަސްތުވާތަކެތީގެ ވިޔަފާރީގައިވެސް ބިދޭސީން!2026 ޖެނުއަރީ 23
ބިދޭސީން ހިންގަމުން އައި 5 ވިޔަފާރިއަކަށް ނޯޓިސް ދީ ބަންދުކޮށްފި 2026 ޖެނުއަރީ 13
ބިދޭސީންގެ މައްސަލަ: މާލޭގައި ބަނގުރާ އުފައްދާ ވިއްކަމުންދިޔަ ބަޔަކު ޑީޕޯޓް ކޮށްލަނީ2026 ޖެނުއަރީ 07