logo
logo
ބިދޭސީންގެ މައްސަލަ: މާލޭގައި ބަނގުރާ އުފައްދާ ވިއްކަމުންދިޔަ ބަޔަކު ޑީޕޯޓް ކޮށްލަނީ

ބިދޭސީންގެ މައްސަލަ: މާލޭގައި ބަނގުރާ އުފައްދާ ވިއްކަމުންދިޔަ ބަޔަކު ޑީޕޯޓް ކޮށްލަނީ

2026 ޖެނުއަރީ 07
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މާލޭގައި ބަނގުރާ އުފައްދާ އެތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށް ޑީޕޯޓް ކުރަން އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ މާލޭގައި ބަނގުރާ އުފައްދައި، ގެންގުޅެ ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުޙުމަތުގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް މާލޭ ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިތަކަކާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ޑިއު ކުމަރް މެޔޮންގްބަ، ނޭޕާލް (30އ) އާއި ސުމަން އަދިކަރި ، ނޭޕާލް (26އ) އާއި މޮޒައްމެލް، ބަންގްލަދޭޝް (43އ) އާއި ރާމްޖި ޕަރިޔަރް. ނޭޕާލް (38އ) އާއި ބިކްރަމް ނެޕަލި، ނޭޕާލް (27އ) އެވެ.

މި އެންމެން ވެސް މިހާރުވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން މި މަހުގެ 6 ވަނަ ދުވަހު ވެސް ފުލުހުން ވަނީ ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ފުލުހުން ވަނީ ހުޅުމާލެ ފޭސް 1ން، ބަންގުލަދޭޝް މީހެއް ހައްޔަރުކޮށްފައެވެ. މި މީހާއަށް ޝައްކު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ދުއްވި ވޭނުން 134 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަތައް ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް