
ބިދޭސީން ހިންގަމުން އައި 5 ވިޔަފާރިއަކަށް ނޯޓިސް ދީ ބަންދުކޮށްފި
ޒައުޖަތު އަޙުމަދުބިދޭސީން ހިންގަމުން އައި 5 ވިޔަފާރިއަކަށް ނޯޓިސް ދީ ބަންދުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ވިޔަފާރިކޮށް، ޞައްޙަ ވިސާއެއް ނެތި އުޅެމުން ގެންދާ ބިދޭސީން ހޯދައި އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމަށް ކުރިއަށް ގެންދާ ސިލްސިލާ އޮޕަރޭޝަން ތަކުގެ ތެރެއިން، ފުލުހުންނާއި، އިމިގްރޭޝަން، ކަސްޓަމްސް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އެ އިދާރާއިން ބުނީ މި އޮޕަރޭޝަންގައި ޖުމްލަ 10 ތަނެއް ބަލައިފާސްކޮށް، 5 ތަނަކަށް ނޯޓިސް ދިނުމަށްފަހު ބަންދުކުރެވިފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ޤަވާޢިދާ ޚިލާފަށް ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރަމުން އަންނަނީ އެކަމުގެ އަޑީގައި ދިވެއްސެއް ހުރެ ދިވެހީންގެ އެހީގައި ކަމަށާއި އެފަދަ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށް ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި މިފަދަ ވިޔަފާރިތައް ރިޕޯޓް ކުރުމަށް އެ ވުޒާރާއިން ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަން ފާހަގަކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އަމީން މިއާގެ މަރު- ހައިމާކު ދުއްވަން އިން މީހާ ހައްޔަރުކޮށްފި2026 ފެބްރުއަރީ 01
ސައްޙަ ނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި2026 ފެބްރުއަރީ 01
ގެއްލިގެން ހޯދި ޢަބްދުލް ޢަޒީޒު ހުރީ ތިލަފުށީގައި!2026 ޖެނުއަރީ 28
ފުވައްމުލަކަށް ނިސްބަތްވާ މީހަކު ގެއްލިގެން ހޯދަންފަށައިފި2026 ޖެނުއަރީ 27