
އިތުރު އިސްކަމެއް ދީގެން ކުރި މަސައްކަތުން ހަފުތާއެއްހާ ދުވަސްތެރޭ 52 މަސާޖުޕާލާ ބަންދުކޮށްފި: ރައީސް
ޒައުޖަތު އަޙުމަދުރައްޔިތުންގެ ކަންބޮޑުވުންތަކާއިއެކު އިތުރު އިސްކަމެއް ދީގެން ކުރި މަސައްކަތުން ހަފުތާއެއްހާ ދުވަސްތެރޭ 52 މަސާޖުޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މަސާޖްޕާލާގެ މައްސަލައަކީ މުޅި މާލެއަށްވެސް ދިމާވެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއްކަމަށާއި އޮންނަ އުޞޫލްގެ ތެރެއިން ފުލުހުންނާއި އިމިގްރޭޝަންއާ ގުޅިގެން އަބަދުވެސް މިފަދަ ތަންތަން ބަލާ ފާސްކުރަމުންދާކަމަށެވެ. ނަމަވެސް މާލޭގެ ރައްޔިތުންނާއެކު މިހާތަނަށް ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން އެކަންކަމުގެ ކަންބޮޑުވުންތައް ރައްޔިތުން ފާޅުކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.
މިވީ ހަފްތާއެއްގެ ތެރޭގައި 52 މަސާޖު ޕާލާ ބަންދުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި 24 ތަނަކީ އޮޕަރޭޝަންގެ ތެރެއިން ބަންދުކުރި ތަންތަންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކަމާ ބެހޭ ފަރާތްތައް ގުޅިގެން އޮޕަރެޝަނެއް ކުރިއަށްގެންގޮސް ތަންތަން ބަންދުކުރަން ފެށުމުން އަމިއްލަ އަށް އެ ވިޔަފާރި ކުރާމީހުން 28 ތަނެއް ބަންދުކުރިކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިތުރު ވަޞީލަތްތަކާއެކު މިކަމަށް ޚާއްސަ މަސައްކަތެއް މިމަހުގެ 9 ވަނަ ދުވަހު ފަށައިގެން މިއަދާހަމައަށް އައިރު 52 މަސާޖްޕާލާ ބަންދުވެއްޖެ ކަމަށާއި ރައްޔިތުން ދެއްވި ޚިޔާލާއެކު ކުރަން ފެށީމާ އޭގެ ނަތީޖާ ރަނގަޅު ކަމަށާއި ރެއާއި ދުވާލު މި މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އެފަދަ ތަންތަން ބަލާ ފާސްކުރުމުގެ ތެރޭގައި ނުގަވާއިދުން ތިބޭ ބިދޭސީން ފޮނުވާލާކަމަށާއި އެގޮތުން 10 ވަރަކަށް މީހުން ހައްޔަރުކޮށްފައިވާކަމަށާއި އޮންނަ އުޞޫލުން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ މުޖުތަމަޢުގައި ހުރި އެފަދަ މައްސަލަތައް ހައްލުކުރަން ކަމަށާއި ރައްޔިތުން ދޭ ޚިޔާލުތަކަކީ ސަރުކާރުން ބަލައިގަންނަ ޚިޔާލުތަކެއްކަމަށެވެ.
ސަރުކާރުން އަންނަނީ ބިދޭސީން ޤަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލާ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގަމުންދާ ކަމަށް ބެލެވޭ ވިޔަފާރިތައް ބަލައި ފާސްކުރަމުންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޑރ. ޒާހިރު ޙުސައިންގެ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައިފި2026 ފެބްރުއަރީ 01
790 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ބިންގާ އަޅައިފި2026 ޖެނުއަރީ 29
ޕީއެންސީގެ ޒުވާނުންގެ ގޮފި އުފައްދާ އިއުލާންލާނު ކުރިތާ 1 ދުވަސް ތެރޭ މަސައްކަތް ފަށާފި، ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފި 2026 ޖެނުއަރީ 29
ރޯދަ ހަދިޔާއަށް ބޮޑު ތަރުހީބެއް، 12 ހާހަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި!2026 ޖެނުއަރީ 27