
100،000ރ. ގެ ފައިސާގެ އިނާމާއެކު އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި
ކޮންމެ ފަހަރެއްގެ ރޯދަމަހަށް ހާއްސަކޮށް އެސްޓީއޯ އިން ކުރިއަށް ގެންދާ "އެސްޓީއޯ ރަމަޒާން ބާޒާރު" ފަށައިފި އެވެ.
މި ޕްރޮމޯޝަން ރަސްމީކޮށް ފައްޓަވާ ދެއްވީ މިރޭ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ އިވެންޓެއްގައި އެޗްޑީސީގެ ޗެއާމަން އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.
އަންނަ އަހަރުގެ ފެބްރުއަރީ 18 ގައި ފަށާ ރޯދަމަހަށް ހާއްސަ ކޮށްގެން މިރޭ އިފުތިތާހުކުރި މި ޕްރޮމޯޝަނުގައި އެސްޓީއޯ އިން ވިއްކާ ގިނަ އަދަދެއްގެ ހޯމް އެޕްލަޔަންސްތަކަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. އަދި ހިޓާޗީގެ ރެފްރިޖަރޭޓަރު ގަންނަ ކަސްޓަމަރުންނަށް ހިލޭ މައިކްރޮވޭވް އަވަނެއް ނުވަތަ ޑިޝްވޮޝާއެއް ލިބޭ ބަންޑަލް އޮފާއެއް ވެސް ވަނީ ތައާރަފު ކޮށްފަ އެވެ.
މީގެ އިތުރުން، މި މުއްދަތުގައި 500ރ އިން މަތިން އެސްޓީއޯއިން ކުރާ ކޮންމެ ކަސްޓަމަރަކަށް ޑިޖިޓަލް ކޫޕަނެއް ދޭއިރު، ކޮންމެ ހަފްތާއަކުވެސް މި ކޫޕަންތައް ލިބޭ ކަސްޓަމަރުންގެ ތެރެއިން އެއް ފަރާތަކަށް ވަރަށް ހާއްސަ ގިފްޓް ހެމްޕަރެއް ލިބިގެންދާނެއެވެ.
އަދި ޕްރޮމޯޝަން ނިމުމުން ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ޕްރޮމޯޝަންގެ ބޮޑު އިނާމު ކަމަށްވާ 100،000ރ ގެ ފައިސާގެ އިނާމުލިބިގެންދާނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
މިއަހަރުގެ ރަމަޒާން ބާޒާރު ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އަދި ރީޖަނަލްސްގެ 11 އައުޓްލެޓްގައި ކުރިއަށްދާނެއެވެ.
މި ޕްރޮމޯޝަނަކީ ރޯދަމަހަށް ތައްޔާރުވުމަށް ބޭނުންވާ އެކި ސާމާނު ގަތުމަށް ލިބޭނެ އަގުހުރި ފުރުސަތެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މަސްވެރިންނަށް ކުރިއެކޭ ވެސް އެއް އަގެއްގައި ތެޔޮ ލިބޭނެ: މިފްކޯ2026 މާރިޗު 17
ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު އެސްޓީއޯ އިން ވިއްކާ އަސާސީ ކާބޯތަކެތީގެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި2026 މާރިޗު 04
މައްސަލަ ހައްލުވެެއްޖެ، ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ: އެސްޓީއޯ2026 ފެބްރުއަރީ 17
ގޭހަކަށް ނުޖެހެ، ވަރަށް އަވަހަށް މައްސަލަ ހައްލުވާނެ: އެސްޓީއޯ2026 ފެބްރުއަރީ 09