ވައިގެމަގުން އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި!

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ ވައިގެމަގުން އެތެރެކުރަން އުޅުނީ ކެނަބިސް ފަތް ކަމަށެވެ.
ބަރުދަނުގައި 3 ކިލޯ 50 ގުރާމް (3050ގުރާމް) ހުރި މި ތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
މި ތަކެތި އަތުލައިގަތީ މި ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.
މި ތަކެތި ރާއްޖެ އެތެރެކުރީ ކޮން ޤައުމަކުން، ކޮން ފަރާތަކުން ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މަސްތުވާތަކެތީގެ ޤާނޫނު އިޞްލާޙްކޮށް، މި ހިނގާ ޑިސެމްބަރު މަހު ޢަމަލުކުރަން ފަށާފައިވާއިރު، މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގެ ކުށުގެ އަދަބު ބޮޑުކޮށް، ވަކި ޝަރުޠުތަކެއް ފުރިހަމަވާނަމަ، އެމީހެއްގެ އަދަބަކީ މަރުގެ އަދަބު ކަމަށް ކަނޑައަޅައިފައިވާކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
