
ސުޕާ، ސެލޫން ފަދަ ތަންތަނަށް އަމާޒުކޮށް ހިންގި އޮޕަރޭޝަނެއްގައި 3 ތަނެއް ބަންދުކޮށްފި
ޒައުޖަތު އަޙުމަދުސުޕާ، ސެލޫން ފަދަ ތަންތަނަށް އަމާޒުކޮށް ހިންގި އޮޕަރޭޝަނެއްގައި 3 ތަނެއް ބަންދުކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ސުޕާ އަދި ސެލޫން ފަދަ ތަންތަނުގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ރޭ މާލޭގައި އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދިއަ އެފަދަ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ އިދާރާއިން ބުނީ މި އޮޕަރޭޝަންގައި 03 ތަނެއް ބަންދު ކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ މަޢުލޫމާޓުތަކަށް ބަލާއިރު،މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ޓާސްކްފޯހުން ހިންގަމުން އަންނަ މި އޮޕަރޭޝަންތަކުގައި މިހާތަނަށް މިފަދަ 11 ތަނެއް ބަންދުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.
މަސާޖްޕާލާ ތަކަށް އަމާޒުކޮށް ބަލާފާސްކުރަން އޮޕަރޭޝަންތައް ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ މާލޭ ރައްޔިތުންނާއެކު މިފަހުން ބޭއްވި ބައްދަލުވުމުގައި މާލޭގައި ހިންގާ މަސާޖްޕާލާތައް ހުއްޓުވައިދިނުމަށް އެދިފައިވަނިކޮށް ކަން ފާހަގަ ކުރެވެއެވެ. މި ބައްދަލުވުންތަކުގައި އާންމުންގެ ފަރާތުން ހުށަހަޅާ މިފަދަ މައްސަލަތައް ވަރަށް ގާތުން ބައްލަވާ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މިއަހަރުގެ ފުރަތަމަ ކުރޫޒް ޝިޕް ހާހެއްހާ މީހުންނާއެކު ރާއްޖެ އަތުވެއްޖެ2026 ޖެނުއަރީ 14
ތާރީޚީ ކާމިޔާބީއެއް، މި މަހު އެކަނި ވެސް 83 މަސާޖް ޕާލާ ބަންދުކޮށްފި2025 ޑިސެމްބަރު 21
ބަޔޯމެޓްރިކްސް ނުދިން 500 ބިދޭސީން ޑީޕޯޓްކޮށްފި2025 ޑިސެމްބަރު 18
އިތުރު އިސްކަމެއް ދީގެން ކުރި މަސައްކަތުން ހަފުތާއެއްހާ ދުވަސްތެރޭ 52 މަސާޖުޕާލާ ބަންދުކޮށްފި: ރައީސް2025 ޑިސެމްބަރު 16