
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މާޅޮސްމަޑުލު އުތުރުބުރި ދުވާފަރަށްވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި މި ދަތުރުފުޅަކީ އެއް ދުވަހުގެ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ދުވާފަރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި މިހާރު ކުރިއަށްދާ އެކި އެކި ހަރަކާތްތަކުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އަންނަ ބުދަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ވިޔަފާރިވެރިންނާ ބައްދަލުކުރައްވަނީ 2025 ޑިސެމްބަރު 14
ރައީސުލްޖުމްހޫރިއްޔާ މި ހަފުތާތެރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަނީ2025 ޑިސެމްބަރު 14
މަސްވެރިންނަށް އުފާވެރި ގިނަ ޚަބަރުތަކެއް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި2025 ޑިސެމްބަރު 14
ދުވާފަރުގައި "އިރުން ހަކަތަ" މަޝްރޫޢު ފަށާ ސޯލާ ޕެނަލް ޖެހުމުގެ ފުރުސަތު ހުޅުވާލައިފި2025 ޑިސެމްބަރު 13