
އަންނަ ބުދަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ވިޔަފާރިވެރިންނާ ބައްދަލުކުރައްވަނީ
ޒައުޖަތު އަޙުމަދުއަންނަ ބުދަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޑިސެންބަރު 17 ވާ ބުދަ ދުވަހުގެރޭ، ދިވެހި ވިޔަފާރިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން އޮންނާނެ ކަމަށެވެ.
ހީނާ ވިދާޅުވީ މި ބައްދަލު ކުރެއްވުން އޮންނާނީ 17 ޑިސެމްބަރު 2025 ވާ ބުދަ ދުވަހުގެރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައި ކަމަށެވެ.
މި ބައްދަލު ކުރެއްވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއް ކަމަށް ވެސް ހީނާ ވިދާޅުވެފައިވެއެވެ.
ހީނާ ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގަތުމުގެ ދަޢުވަތު ދިވެހި ވިޔަފާރިވެރިންނަށް އަރުވައިފައެވެ.
ފާއިތުވި 2 އަހަރުތެރޭ ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ. މިހާރު އެމަނިކުފާނު ގެންދަވަނީ މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ ވިލިމާލެ ރައްޔިތުންނާއި މައްޗަށްގޮޅި ރައްޔިތުން އަދި މާފަންނު ރައްޔިތުންގެ އިތުރުން ހެންވޭރުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފައެވެ.
މި ހަފުތާ އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރައްޔިތުންނާ އެމަނިކުފާނު ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ގިނަ ދާއިރާތަކަކުން ޗައިނާއާއިއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި2025 ޑިސެމްބަރު 15
ރައީސުލްޖުމްހޫރިއްޔާ މި ހަފުތާތެރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަނީ2025 ޑިސެމްބަރު 14
މަސްވެރިންނަށް އުފާވެރި ގިނަ ޚަބަރުތަކެއް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި2025 ޑިސެމްބަރު 14
ދުވާފަރުގައި "އިރުން ހަކަތަ" މަޝްރޫޢު ފަށާ ސޯލާ ޕެނަލް ޖެހުމުގެ ފުރުސަތު ހުޅުވާލައިފި2025 ޑިސެމްބަރު 13