
ދުވާފަރުގައި "އިރުން ހަކަތަ" މަޝްރޫޢު ފަށާ ސޯލާ ޕެނަލް ޖެހުމުގެ ފުރުސަތު ހުޅުވާލައިފި
ޒައުޖަތު އަޙުމަދުދުވާފަރުގައި "އިރުން ހަކަތަ" މަޝްރޫޢު ފަށާ ސޯލާ ޕެނަލް ޖެހުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މަޝްރޫޢު ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ދުވާފަރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި މި ޚާއްޞަ ރަސްމިއްޔާތުގައި "އިރުން ހަކަތަ" މި މަޝްރޫޢު ފަށްޓައިވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރުއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމްޑަބްލިއުއެސްސީ އިންއެވެ.
މި މަޝްރޫއު އިފްތިތާޙް ކުރުމާއިއެކު ދުވާފަރުގެ ގޭބީސީތަކުގައި ސޯލަރ ޕެނަލް ޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އެކަމަށް އެދި ހުށަހަޅާ "އިރުން ހަކަތަ" ޕޯޓަލްވެސް ވަނީ އިފްތިތާޙް ކޮށްފައެވެ.
މި މަޝްރޫޢަކީ ދުވާފަރުގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ 2026 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނި ހަކަތައަށް ބަދަލުކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މި މަސައްކަތާއެކު ދުވާފަރުގެ ގޭބީސީތަކަށް އިއާދަކުރަނިވި ހަކަތައިގެ މަންފާ ލިބި، ކަރަންޓު ބިލް ކުޑަކުރުމަށް މަގު ފަހިވާނެ ކަމަށާއި އަދި ޑީސަލް އަންދާ މިންވަރު މަދުކުރުމާއި ޖައްވަށް ބޭރުކުރާ ދުމުން ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޢަބްދުއްޝަކޫރަކީ މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚްލާޞްތެރިއެއް: ރައީސް 2026 މާރިޗު 24
މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ ޤާނޫނެއް ހަދަނީ2026 މާރިޗު 23
އަސާސީ ކާބޯތަކެތި ލިބުމުގައި ކަންބޮޑުވުމެއް ނެތް، އަގު ވެސް މައްޗަށް ނުދާނެ: ރައީސް2026 މާރިޗު 23
ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް އެބަކުރަން: ރައީސް2026 މާރިޗު 23