
ރައީސުލްޖުމްހޫރިއްޔާ މި ހަފުތާތެރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަނީ
ޒައުޖަތު އަޙުމަދުރައީސުލްޖުމްހޫރިއްޔާ މިހަފްތާތެރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވާފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން 2025 ޑިސެމްބަރު 16 ވާ އަންގާރަ ދުވަހުގެރޭ 20:30ގައި ކަމަށެވެ.
ހީނާ ވިދާޅުވީ މި ބައްދަލުވުމަކީ ރައީސް ޑރ. މުޢިއްޒު، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވަވާ ބައްދަލުވުމެއް ކަމަށެވެ.
ގަލޮޅު ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުވުން އޮންނާނީ ޢިމާދުއްދީން ސްކޫލްގައި ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވަނީ ގަލޮޅުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދަޢުވަތު ދެއްވައިފައެވެ.
ފާއިތުވި 2 އަހަރުތެރޭ ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ. މިހާރު އެމަނިކުފާނު ގެންދަވަނީ މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ ވިލިމާލެ ރައްޔިތުންނާއި މައްޗަށްގޮޅި ރައްޔިތުން އަދި މާފަންނު ރައްޔިތުންގެ އިތުރުން ހެންވޭރުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ގިނަ ދާއިރާތަކަކުން ޗައިނާއާއިއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި2025 ޑިސެމްބަރު 15
އަންނަ ބުދަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ވިޔަފާރިވެރިންނާ ބައްދަލުކުރައްވަނީ 2025 ޑިސެމްބަރު 14
މަސްވެރިންނަށް އުފާވެރި ގިނަ ޚަބަރުތަކެއް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި2025 ޑިސެމްބަރު 14
ދުވާފަރުގައި "އިރުން ހަކަތަ" މަޝްރޫޢު ފަށާ ސޯލާ ޕެނަލް ޖެހުމުގެ ފުރުސަތު ހުޅުވާލައިފި2025 ޑިސެމްބަރު 13