
ބޮޑުކަންނެލި މަސްވެރިން ކުރަމުން އަންނަ މުޒާހަރާގައި ބިދޭސީން ހިމެނޭ: ފުލުހުން
ޒައުޖަތު އަޙުމަދުބޮޑުކަންނެލި މަސްވެރިން ކުރަމުން އަންނަ މުޒާހަރާގައި ބިދޭސީން ހިމެނޭ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ބޮޑުކަންނެލި މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމަށްފަހު، އެދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން މިއަދު ފުލުހުން އިހުތިޖާޖުގައި ބިދޭސީން ޙަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް އަރާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ފުލުހުން ވަނީ، އިއްޔެއިން ފެށިގެން ބޮޑުކަންނެލި މަސްވެރިން މާލޭގެ ރަސްމީ ފާލަމާދިމާ ބޭރުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން 3 މީހަކު ހައްޔަރުކޮށް ދެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުންބުންޏެވެ.
ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހިމެނެއެވެ.
މަސްވެރިންގެ ދުވަހާއި ދިމާކޮށް، ބޮޑުކަންނެލި މަސްވެރިން ކުރަމުން އަންނަ މުޒާހަރާގައި ޑިމާންޑް ކޮށްފައިވާ ކަންކަމުގެތެރޭގައި މިފްކޯއިން ބޮޑުކަންނެލި ގަންނަންފެށުމާއި ކަންނެލި ގަނެވޭ އެންމެ ދަށް އަގަކީ 80 އާއި 100 ރުފިޔާއާއި ދެމެދުގެ އަގަކަށް ހެދުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެގޮތް ހެދުން ހިމެނެއެވެ.
މި މުޒާހަރާއާއި ގުޅިގެން މަސްވެރިކަމާބެހޭ ވަޒީރު ޝިޔާމް ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް ވިއްކާފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ދިގުލައިދާ މައްސަލައާއި މަސްވެރިކަން ރަނގަޅުވާ ވަގުތު ކަންނެލީގެ އަގު ދަށްވާ މައްސަލަ ކަމަށާއި މިކަން ހައްލުކުރުމަށް މަސްވެރިން ހުށަހަޅުއްވަނީ ސަރުކާރުން މިކަމުގެތެރެއަށް ވަދެ ކަންނެލި މަހުގެ ވިޔަފާރީގައި ސަރުކާރުގެ ދައުރު ފުޅާކުރުމަށްކަމަށެވެ.
ޝިޔާމް ވިދާޅުވީ ބޮޑުކަންނެލި ޕްރޮސެސް ކުރުމަށް ހުޅުމާލެގައި ގާއިމުކުރާ ފެސިލިޓީ ގާއިމު ކުރުމުގެ މަސައްކަތް ޖެނުއަރީގައި ފެށުމަށް ސަރުކާރުން ތައްޔާރީތައް ވަމުންދާ ކަމަށެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން ނަމުގައި އުފައްދާފައިވާ ޖަމްޢިއްޔާއިން އިސްވެ ކުރިއަށް ގެންދާ މި މުޒާހަރާގައި ބިދޭސީން ބައިވެރިވާއިރު، ރާއްޖޭގައި އުޅޭ ބިދޭސީން އެފަދަ ޙަރަކާތްތަކުގައި ބައިވެރިވުމަކީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫންކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އަމީން މިއާގެ މަރު- ހައިމާކު ދުއްވަން އިން މީހާ ހައްޔަރުކޮށްފި2026 ފެބްރުއަރީ 01
ސައްޙަ ނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި2026 ފެބްރުއަރީ 01
ގެއްލިގެން ހޯދި ޢަބްދުލް ޢަޒީޒު ހުރީ ތިލަފުށީގައި!2026 ޖެނުއަރީ 28
ފުވައްމުލަކަށް ނިސްބަތްވާ މީހަކު ގެއްލިގެން ހޯދަންފަށައިފި2026 ޖެނުއަރީ 27