
ރާއްޖޭގައި ގާއިމުކުރާ ފުރަތަމަ ޓައުންޝިޕަށް ހުއްދަ ދީފި
ޒައުޖަތު އަޙުމަދުރާއްޖޭގައި ގާއިމުކުރާ ފުރަތަމަ ޓައުންޝިޕަށް ހުއްދަ ދީފިއެވެ.
މީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނަށް ދާދި ފަހުން ގެނައި އިސްލާހާ އެއްގޮތްވާ ގޮތުގެ މަތިން، މީހުން ދިރިއުޅެވޭ ގޮތަށް 790 މިލިއަން ޑޮލަރު (12 ބިިލިއަން ރުފިޔާ) ގެ ޓައުންޝިޕެއް ކަމަށް ވިފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ބުންޏެވެ.
ވިޔަފާރިއާބެހޭ ވުޒާރާއިން ބުނީ އެ ހުއްދަ ދިނީ ކްރިސްޓަލް ހޯލްޑިންސް ނަމަކަށް ކިޔާ ކުންފުންޏަކަށް ކަމަށެވެ.
"ސަސްޓެއިނަބްލް ޓައުންޝިޕް" ނުވަތަ ދެމެހެއްޓެނިވި ޓައުންޝިޕް ގާއިމުކުރަން ހުއްދަ ދިނީ 790 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އިންވެސްޓްކުރާ ގޮތަށް ޕްރޮޕޯސަލެއް ހުށަހެޅުމުން ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނުގައިވާ ގޮތުން މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު އެވެ. އަދި ސަސްޓެއިނަބުލް ޓައުންޝިޕްގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ލަގްޒަރީ ހޮސްޕިޓާލިޓީ ކޮމްޕޯނެންޓަކާ އެކު، އިޤްތިޞާދީ އިޖުތިމާޢީ އެހެން ސެކްޓާތަކުގެ ވަސީލަތްތައް ވެސް ގާއިމްކުރާނެ އެވެ.
އޭގެ ތެރޭގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ޓޫރިޒަމަށް މީހުން ތަމްރީނުކުރާ މަރުކަޒަކާއި ޒަމާނީ ފެންވަރަށް ދަނޑުވެރި ކަމާއި އެކުއާ ކަލްޗާގެ މަސައްކަތް ކުރާ ނިޒާމުތައް ހިމެނޭނެ އެވެ. އަދި ދަނޑުވެރިކަމާއި އެކުއާކަލްޗާގެ މަސައްކަތް އެ ތަނުގައި ކުރާނީ ރާއްޖޭގެ ފުޑް ސެކިއުރިޓީ އަށް އަމާޒު ކޮށްގެންނެވެ.
މި ހުއްދަ ދިނުމާއި ގުޅިގެން ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކާބެހޭ ޤާނޫނުގެ ދަށުން ދެމެހެއްޓެނިވި ޓައުންޝިޕް ތަރައްޤީކުރުމުގެ ފުރަތަމަ ހުއްދަ ދިވެހިރާއްޖެއިން ދޫކޮށްފައިވުމަކީ، އުފެއްދުންތެރި، ވިލުންވެރި، އަދި މުސްތަޤްބަލަށް އަމާޒުކުރެވުނު ޤައުމީ ކުރިއެރުމެއްގެ ތެރެއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި މުހިންމު ކާމިޔާބީއަކީ ރައީސް ޑރ. މުޢިއްޒުގެ ދުރުވިސްނުން ތަމްސީލުކޮށްދޭ ކަމެއް ކަމަށް ސަޢީދު ވިދާޅުވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޤަވާޢިދާ ޚިލާފަށް ހިންގަމުންދިޔަ 37 ވިޔަފާރިއެއް ބަންދުކޮށްފި2025 ޑިސެމްބަރު 16
ނ. އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕަކީ ސަރުކާރަށް އާމްދަނީ ވައްދައިދޭނެ ބިޔަ މަޝްރޫޢެއް: ސަޢީދު2025 ޑިސެމްބަރު 12
"ޕްރޮޖެކްޓް ސޯލަރ ސިޓީ" އަކީ ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ އެސްއީޒެޑްގެ ގޮތުގައި ރައީސް ކަނޑައަޅުއްވައިފި!2025 ޖުލައި 01