
"ޕްރޮޖެކްޓް ސޯލަރ ސިޓީ" އަކީ ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ އެސްއީޒެޑްގެ ގޮތުގައި ރައީސް ކަނޑައަޅުއްވައިފި!
ޒައުޖަތު އަޙުމަދު"ޕްރޮޖެކްޓް ސޯލަރ ސިޓީ" އަކީ ދިވެހިރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް)ގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ދިވެހިރާއްޖޭގައި ގާއިމުކުރާ އެސް.އީ.ޒެޑްއެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު، ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) ގެ ދަށުން 12 ޖަނަވަރީ 2025 ގައި ޝާއިޢުކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 1/2025 އިން، މީގެ ކުރިން ވަނީ ކަނޑައަޅުއްވާފައި ކަމަށެވެ.
އެ އޮފީހުން ވިދާޅުވި ގޮތުގައި "ޕްރޮޖެކްޓް ސޯލަރ ސިޓީ" ގެ ނަމުގައި ހައި ޓެކްނޮލޮޖީ ޕާކެއް ތަރައްޤީކުރުމަށް ޓަކައި އޭ.ޕީ.އެމް. އެސް.ޕީ.ވީ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓާއި ދެމެދު މިއަދު ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެގޮތުގައި "ޕްރޮޖެކްޓް ސޯލަރ ސިޓީ" ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައެޅުއްވިއިރު، އެ ޒޯނުގައި ކުރުމަށް ހުއްދަ ދެވިފައިވާ ކަންކަމަކީ:
1. 100 މެގަވޯޓް ގެ ސޯލަރ ފޮޓޯވޮލްޓިކް ސިސްޓަމެއް ޤާއިމްކޮށް އޮޕަރޭޓް ކުރުން.
2. މީޓިންގްސް، އިންސެންޓިވްސް، ކޮންފަރެންސެސް އަދި އެގްޒިބިޝަންސް (އެމް.އައި.ސީ.އީ) ހިމެނޭހެން ފަތުރުވެރިކަން ތަރައްޤީކޮށް އޮޕަރޭޓްކުރުން.
3. ލޮޖިސްޓިކްސް، ސްޓޯރޭޖާއި އިންޑަސްޓްރިއަލް ހަބެއް ތަރައްޤީކޮށް އޮޕަރޭޓްކުރުން
4. ރިއަލް އެސްޓޭޓް ތަރައްޤީކުރުން
މި ޒޯނަށް ކަނޑައެޅިފައިވާ އިނާޔަތްތައް ޤަރާރުގައި ހިމަނައި، މީގެ އިތުރުން، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު، ޤަރާރުގެ ބައެއްގެ ގޮތުގައި ޝާއިޢުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރެއްވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޢަބްދުއްޝަކޫރަކީ މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚްލާޞްތެރިއެއް: ރައީސް 2026 މާރިޗު 24
މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ ޤާނޫނެއް ހަދަނީ2026 މާރިޗު 23
އަސާސީ ކާބޯތަކެތި ލިބުމުގައި ކަންބޮޑުވުމެއް ނެތް، އަގު ވެސް މައްޗަށް ނުދާނެ: ރައީސް2026 މާރިޗު 23
ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް އެބަކުރަން: ރައީސް2026 މާރިޗު 23