logo
logo
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ވަޒީރު ޝިޔާމް ދުވާފަރަށް ވަޑައިގަންނަވައިފި

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ވަޒީރު ޝިޔާމް ދުވާފަރަށް ވަޑައިގަންނަވައިފި

2025 ޑިސެމްބަރު 09
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާޅޮސްމަޑުލުއުތުރުބުރީ ދުވާފަރުގައި ބައްވާ ހަރަކާތްތަކާއި ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ދުވާފަރަށް ވަޑައިގަންނަވައިފިއެވެ.

ދުވާފަރުން ވަޒީރަށް މަރުޙަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރަގެ މެމްބަރު މުހައްމަދު ޢަލީއާއި ދުވާފަރު ކައުންސިލްގެ ރައީސްއާއި ކައުންސިލްގެ އިސްވެރިންނާއި ބައެއް ކުންފުނިތަކުގެ އިސްވެރިންނެވެ.

ވަޒީރު ޝިޔާމް ދުވާފަރަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ސަޤާފީ ޙަރަކާތްތަކާއިއެކު އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ.

މީގެ އިތުރުން ވަޒީރު ވަނީ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކާއި ގުޅޭ ގޮތުން ދުވާފަރު ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރޭގައި މަސްވެރިންގެ ފޯރަމްއާއި މުޅި ރ އަތޮޅަށް ހުޅުވާލައިގެން ބާއްވާ މަސް ރޭހާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ބައްވާ ކުޑަކުދިންގެ ހަވީރާއި މަސްކެނޑުމުގެ މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ މަސްވެރިންގެ ގުންޒަރުގެ ބައިވެރިން މިއަދު ދުވާފަރަށް ވަޑައިގެންފައިވާ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ މަސްވެރިންގެ ގުންޒަރުގައި އެކި އަތޮޅުތަކުގެ މަސްވެރިންނާއި މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތައް ބައިވެރިވާނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތައް ދުވާފަރުގައި ވަރަށް ކުލަ ގަދަކޮށް ފާހަގަކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ޙަރަކާތްތައް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް