ޚަބަރު
40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

ޒައުޖަތު އަޙުމަދު2025 ޑިސެމްބަރު 09
މޫސުން ގޯސްވެ 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.
ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށް، މިއަދުގެ ހެނދުނު 6:30 ން ފެށިގެން މެންދުރު 12:30 އާއި ހަމައަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެ އިދާރާއިން ބުނީ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. ނަމަވެސް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މާލެއަށް މިއަދު މޫސުން ގޯސްވެ ވާރޭ ވެހެމުން އަންނަކަން ފާހަގަ ކުރެވެއެވެ.
އިތުރަށް

ޖަޕާނުގެ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އައިސްފި20 އޭޕްރީލު 2026 ، 08:51

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފި 16 އޭޕްރީލު 2026 ، 02:30

ރާއްޖޭގެ ސަރަހައްދުގައި ދުންފުސް ބޯވެފައިވާތީ ސަމާލުވާން އިލްތިމާސްކޮށްފި22 ޑިސެމްބަރު 2025 ، 15:50

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް 5 އަތޮޅަކަށް ރީނދޫ ސަމާލުނެރެފި20 ޑިސެމްބަރު 2025 ، 15:42

.gif.gif&w=828&q=100)
