
ބިދޭސީންގެ މައްސަލަ ހައްލުކުރުން- ހުޅުމާލެއިން ހަތަރު ތަނެއް ބަލާފާސްކޮށްފި
ޒައުޖަތު އަޙުމަދުބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުްނ ގެންދާ މަސައްކަތުގެތެރެއިން މިރޭ ވެސް ހުޅުމާލެއިން ހަތަރު ތަނެއް ބަލާފާސްކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ޤަވާޢިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓްއާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، މިރޭ ހުޅުމާލެ ފޭސް 1 އިން 4 ތަނެއް ވަނީ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ އިދާރާއިން ބުނީ މި އޮޕަރޭޝަންގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދިއަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި އިތުރު 3 ބިދޭސީއަކަށް ނޯޓިސް ދީފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެކެވެ. މި މައްސަލަ ހައްލު ކުރުމަށް މިހާތަނަށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށްފައި ވަނީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުންކަން ފާހަގަ ކުރެވެއެވެ.
އެގޮތުން ޓާސްކްފޯހެއް އުފައްދައިގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، ފާއިތުވި 2 އަހަރުގެތެރޭގައި 9021 ބިދޭސީން ރާއްޖެއިން ފުރުވާލާފައިވާ ކަމަށާއި ނަމަވެސް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ 5 އަހަރުތެރޭގައި ފުރުވާލެވިފައި ވަނީ 2165 ބިދޭސީން ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޤަވާޢިދާ ޚިލާފަށް ހިންގަމުންދިޔަ 37 ވިޔަފާރިއެއް ބަންދުކޮށްފި2025 ޑިސެމްބަރު 16
އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އިތުރު 5 ސްޕާ ބަންދުކޮށްފި!2025 ޑިސެމްބަރު 16
ސުޕާ، ސެލޫން ފަދަ ތަންތަނަށް އަމާޒުކޮށް ހިންގި އޮޕަރޭޝަނެއްގައި 3 ތަނެއް ބަންދުކޮށްފި2025 ޑިސެމްބަރު 15
ނިމުނު ހަފުތާ ތެރޭގައި މާލެއިން ގިނަ މަސާޖު ޕާލާތަކެއް ބަންދުކޮށްފި!2025 ޑިސެމްބަރު 13