
ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ގެއްލުނު މައްސަލާގައި ފުލުހަކު ހައްޔަރުކޮށްފި
ޒައުޖަތު އަޙުމަދުވިލިމާލެ ޕޮލިސް ސްޓޭޝަނުގައި ހުރި ސިނގިރޭޓްތަކެއް ގެއްލުނު މައްސަލާގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ސީނިއާ ސާޖެންޓް ރޭންކުގެ ޕޮލިހެކެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 39 އަހަރުގެ މުނައްވަރު އާދަމް، އދ. ދިގުރަށް ޝަބުނަމީގެ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުން ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓިގްރިޓީ ކޮމިޝަން ގުޅިގެން، ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ.
ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ހުރި ސިނގިރޭޓްތަކެއް ގެއްލުނު 2 މައްސަލައެއް ފެންމަތިވެފައިވެއެވެ. އޭގެތެރެއިން އެއް މައްސަލައަކީ ޤާނޫނާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުޙުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓު ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެތެރެއިން 6 ކާޓަން ސިނގިރޭޓު ގެއްލިފައިވާ މައްސަލައެވެ.
އެ ސިނގިރޭޓްތަކަކީ ބިދޭސީއެއްގެ އަތުން މިދިޔަ މެއި މަހު 23ގައި، އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެނައި ތަކެތި ކަމަށް ފުލުހުން ބުނެއެވެ. މި ތަކެތި ގެއްލިފައިވާ ކަން ފުލުހުންނަށް އެނގުނީ، މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ދެންނެވި މައްސަލަ ތަޙުޤީޤު ކުރަމުން ދަނިކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު 23ގައި ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ހުރި 25 ކާޓަން ސިނގިރޭޓު މަދުވެފައިވާކަން ފާހަގަވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި ދެ މައްސަލައިގެ އިތުރުން ކަސްޓަމްސްއިން މިއަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓައި، ވަގަށް ނަގައިފައިވާ މައްސަލައެއް ފުލުހުން ތަޙުޤީޤު ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އަމީން މިއާގެ މަރު- ހައިމާކު ދުއްވަން އިން މީހާ ހައްޔަރުކޮށްފި2026 ފެބްރުއަރީ 01
ސައްޙަ ނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި2026 ފެބްރުއަރީ 01
ގެއްލިގެން ހޯދި ޢަބްދުލް ޢަޒީޒު ހުރީ ތިލަފުށީގައި!2026 ޖެނުއަރީ 28
ފުވައްމުލަކަށް ނިސްބަތްވާ މީހަކު ގެއްލިގެން ހޯދަންފަށައިފި2026 ޖެނުއަރީ 27