logo
logo
އަމިއްލަ ދަނޑުގައި ލަދުވެތިގޮތަށް ރެއާލް ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ލަދުވެތިގޮތަށް ރެއާލް ބަލިވެއްޖެ

2025 ޑިސެމްބަރު 08
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ބާނެބެއު ސްޓޭޑިއަމްގައި 19 އަހަރަށް ފަހު ސެލްޓަ ވީގޯއިން ރެއާލް މެޑްރިޑްގެ މައްޗަށް ކުރި ހޯދައިފި އެވެ.

މި ނަތީޖާއާ އެކު، ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ރެއާލަށް މޮޅުވެވުނީ ދެ މެޗުންނެވެ. އަދި، އެ ޓީމު އޮތީ ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން ހަތަރު ޕޮއިންޓް ފަހަތުގަ އެވެ. ބާސެލޯނާ އަށް 14 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް 14 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ.

ވިލިއޮޓް ސްވެޓްބާގް ޖެހި ދެ ލަނޑާ އެކު ސެލްޓަވީގޯ މެޗު ކާމިޔާބު ކުރީ 2-0 ންނެވެ. ސެވިޑެންގެ ސްވެޓްބާގް ފުރަތަމަ ލަނޑު ޖެހީ ގޯލާ ދިމާލަށް ބަލައިވެސް ނުލައި އޭނާގެ ފުންނާބުންނެވެ. ނަތީޖާ ހަމަހަމަކުރަން ރެއާލުގެ ކީލިއަން އެމްބާޕޭ އާއި ވިނީޝިއުސް ޖޫނިއާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ.

ސެލްޓާ އިން ލީޑުނެގިތާ 10 މިނިޓް ފަހުން، ރެއާލަށް އިތުރު މަައްސަލަަތައް ކުރިމަތިވީ، މިިނިޓެއްގެ ތެރޭގައި ހޯދި ދެ ރީނދޫ ކާޑާ އެކު، ރެއާލްގެ ފްރާން ގާސިއާ އަށް ރަތް ކާޑެއް ދެއްކުމެވެ. އަދި، ރެއާލްގެ އަލްވާރޯ ކަރޭރާސް އަށް އިތުރު ވަގުތުގެ ދެ ވަަނަ މިނިޓްގައި ދެ ރީނދޫ ކާޑާ އެކު، ރަތެއް ދެއްކުމުން، ރެއާލުން ނުވަ ކުޅުންތެރިންނާ އެކު ކުޅެން ޖެހުނުއިރު، އޭގެ ފައިދާނަގައި، ސްވެޑްބާގް ވަނީ ސެލްޓާގެ ދެ ވަނަ ލަނޑު ޖަހައިފަ އެެވެ.

ރެއާލުން ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ބަލިވިި މި މެޗުގައި، ބެންޗުގައި އިން ބްރެޒިލްގެ ފޯވާޑް އެންްޑްރިކަށް ވެސް ވަނީ ރަތެއް ދައްކައިފަ އެވެ. އެއީ، ރެފްރީންގެ ނިންމުންތަކާ މެދު ތަކުރާރުކޮށް ޝުއޫރުފާޅުުރި ގޮތުންނެވެ.

ރެއާލުގެ ކޯޗު ޒަބީ އަލޮންސޯ ބުނީ މެޗުގެ ހުރިހާ ކަމެއް ރެއާލާ އިދިކޮޅަށް ދިޔަ އެންމެ ބޮޑު ސަބަބަކީ ރެފްރީ ކަަމަށެވެ.

"އަހަރެމެން މި ތިބީ ރުޅި އައިސްފައި. އަހަރެމެން ކުޅުނީ އަހަރެމެން ބޭނުންވި ގޭމެއް ނޫން. ބޭނުންވި ނަތީޖާއެއް ނޫން. މިލިޓާއޯ އަށް ކުރިމަތިވި އަނިޔާގެ ސަބަބުން އަހަރެމެންނަށް ވަރަށް ކަންކަން އުނދަގޫވެއްޖެ. ބ ބަލިން ރަނގަޅުވާން އުނދަގޫވީ. އަހަރެމެން މަސައްކަތް ކުރީ ކަންކަން ހަމަޔަކަށް އަޅުވަމުން ކުރިއަށްދާން އެކަމަކު އެއީ އަހަރެމެން ބޭނުންވި ގޭމެއް ނޫން. އަހަރެމެން އެބަޖެހޭ ވީހާ ވެސް އަވަހަކަށް ކުރިއަށް ދާން، ބާކީ އޮތީ ވަރަށް ގިނަ މެޗުތަކެއް،" ޒަބީ ބުންޏެވެ.

އޭނާ ބުނީ ރެއާލްގެ ކަރުބުޑުގައި ލީ ހިތި ރަހަ ފިލުވާލަން، އޮތް މެޗަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ކަމަށެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް