logologologologo
STO
ކުޅިވަރު

ގެޓާފޭ ބަލިކޮށް ރެއާލް މެޑްރިޑް އެއްވަނައަށް

ގެޓާފޭ ބަލިކޮށް ރެއާލް މެޑްރިޑް އެއްވަނައަށް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2025 އޮކްޓޯބަރު 20

ސްޕެނިޝް ލީގުގައި ރޭ ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

މި މޮޅާއިއެކު ރެއާލް މެޑްރިޑް ވަނީ 24 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ. ދެވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އަށް ލިބިފައިވަނީ 22 ޕޮއިންޓެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. މި މެޗުގައި ރިއާލް މެޑްރިޑް މޮޅުކޮށްދިން ހަމަ އެކަނި ލަނޑު ކާމިޔާބުކޮށްދިނީ އާޑާ ގުލާގެ ޕާހަކުން މި ވަގުތު ރަނގަޅު ފޯމެއްގައި ކީލިއަން އެމްބާޕޭ އެވެ.

ގެޓާފޭ އަށް މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ލިބުނު ނަމަވެސް އަބޫ ކަމާރާ ފޮނުވާލި ނުރައްކާތެރި ހަމަލާ ކީޕަރު ޓީބާ ކޯޓުއާ ވަނީ ވަރަށް ހުށިޔާރު ކަމާއެކު މަތަކޮށްފަ އެވެ.

މި މެޗުގެ ކުރިން ދެ ޓީމުގެ ސަޕޯޓަރުންވެސް ވަނީ ލަލީގާގެ މެޗެއް އެމެރިކާގެ މަޔާމީގައި ކުޅުމަށް ލަލީގާއިން ތާއިދު ކުރުމާއި ދެކޮޅަށް މުޒާހަރާ ކޮށްފަ އެވެ.

އަންނަ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހު ލަލީގާގައި ބާސެލޯނާ އާއި ވިޔަރެއާލް ކުޅޭ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މަޔާމީގެ ހާޑްރޮކް ސްޓޭޑިއަމްގަ އެވެ.

MALDIVE GASAllied Insurance
އިތުރަށް