logo
logo
ބާސާ ހަމަ ބިމަށް ތިރިކޮށް ރެއަލް މެޑްރިޑުން އެލް ކްލެސިކޯ ކާމިޔާބުކޮށްފި

ބާސާ ހަމަ ބިމަށް ތިރިކޮށް ރެއަލް މެޑްރިޑުން އެލް ކްލެސިކޯ ކާމިޔާބުކޮށްފި

2025 އޮކްޓޯބަރު 27
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު އެލް ކްލެސިކޯ 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.

މި މެޗުން މޮޅުވުމާއި އެކު ރިއަލް މެޑްރިޑްވަނީ ކުޅުނު 10 މެޗުން ލިބުނު 27 ޕޮއިންޓާއި އެކު ތާވަލުގެ އެއްވަނާގައި ހަމަޖެހިލާފަައެވެ. ދެވަނައިގައި އޮތް ބާސެލޯނާ އަށް 10 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ.

ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބަރނަބައު ސްޓޭޑިއަމްގައި 78 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑްގެ ފުރަތަމަ ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމްގެ ޕާހަކުން ކީލިއަން އެންބާޕޭއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ބާސެލޯނާ އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މާކަސް ރަޝްފޯޑް ދިން ޕާހަކުން ފަރމިން ލޮޕޭޒްއެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ޖޫޑް ބެލިންހަމް ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ.

މި މެޗަށް ބާސެލޯނާ ނިކުތްއިރު އެ ޓީމުގެ ކޯޗު ހެންސީ ފްލިކް ސަސްޕެންޑް ކޮށްފައިވާތީ އޭނާ އަށް ޓީމަށް އިރުޝާދު ދިނުމަށް ބެންޗުގައި ހުރެވޭ ގޮތް ވަނީ ނުވެފައެވެ. އަދި އަނިޔާގެ ސަބަބުން ރަފީނިއާ އާއި ރޮބަޓް ލެވަންޑޯސްކީގެ އިތުރުން ޑެނީ އޮލްމޯ މި މެޗުގައި ކުޅެފައެއް ނުވެއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ބާސެލޯނާގެ ޕެޑްރީ އަށް ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑެއް ދައްކާފައިވާއިރު ރެއާލް މެޑްރިޑްގެ ލުނިން އަށް ވެސް އޭގެ މިނިޓެއް ފަހުން ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް