
ޔުނީފޯމުގެ އައު އުސޫލުގެދަށުން މަތީ ގުރޭޑްތަކުގެ ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭނެ!
ޒައުޖަތު އަޙުމަދުތަޢުލީމީ ވުޒާރާއިން އެކުލަވައިލި ސުކޫލް ދަރިވަރުންގެ ޔުނީފޯމުގެ އައު އުސޫލުގެދަށުން މަތީ ގުރޭޑްތަކުގެ ފިރިހެން ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭނެއެވެ.
މި އުސޫލަށް ޢަމަލުކުރަން ފަށާނީ 2027 ވަނަ އަހަރުން ފެށިގެންނެވެ.
މި އުސޫލުގައި ވަނީ ކީ ސްޓޭޖް-4 އަދި 5 (ގްރޭޑް 9، 10، 11 އަދި 12 ގެ ދަރިވަރުން) ތުބުޅި މަތިމަސް ބެހެއްޓުމަށް ހުއްދަދީފައެވެ. ނަމަވެސް ތުބުޅި މަތިމަސް ބެހެއްޓޭނީ އެއްވަރަށް ކުރުކޮށް ކޮށާފައި ކަމަށް އުސޫލުގައިވެއެވެ.
އައު އުސޫލުގައިވާ ގޮތުން ފިރިހެން ދަރިވަރުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ކުރިން ވެސް ޢަމަލުކުރަމުން އައި އުސޫލާ އެއްގޮތަށް، ކުރުކޮށް ކޮށާފައެވެ. އަދި ބޮލުގައި ކުލަޖައްސައި ހައިލައިޓުކުރުމާއި ހަށިގަނޑުގެ އެއްވެސް ތަނެއްގައި ޓެޓޫ ޖެހުމަކީ ކުރިއެކޭ އެއްގޮތަށް، އައު އުސޫލުގައި ވެސް މަނާ ކަންކަމެވެ.
މީގެއިތުރުން ކީ ސްޓޭޖް-2 ނުވަތަ ގްރޭޑް 4 އިން މަތީގެ ދަރިވަރުންގެ ޔުނީފޯމާ އެކު، ހަރުވާޅު ލާން ޖެހޭނެއެވެ. ބުރުގާ އަޅާ އަދި ނާޅާ ދަރިވަރުންނަށް ވެސް ދެ އިހުތިޔާރެއް ވަނީ ދީފައެވެ.
މި އުސޫލުގައިވާ ގޮތުން އަންހެން ކުދިން ލާން ޖެހެނީ އަތް ދިގު ނުވަ އަތް ކުރުކޮށް ހުންނަ ގަމީސް ޓޮޕެވެ. ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ފޫކޮޅު ފޮރުވި އެއަށް ވުރެ 2-4 އިންޗި ދިގުކޮށެވެ.
ތަޢުލީމީ ވުޒާރާއިން ބުނީ ޔުނީފޯމަށް ބަދަލު ގެންނަން ނިންމީ، ސްކޫލްތަކުގެ އިސް ވެރިންނާ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.
އެ ވުޒާރާއިން ބުނީ ޔުނީފޯމުގެ ގަމީހުގެ ކުލަތައް ކަނޑައެޅުމުގައި ބަލާފައިވަނީ އެ މިނިސްޓްރީގެ ކުލައާއި ޤައުމީ ދިދައިގެ ކުލަތަކަށް ނިސްބަތްވާ ގޮތަށްކަމަށާއި އަދި ފަޓުލޫނު ގަދަ ކުލައެއްގައި ބެހެއްޓުމަށް ކަމަށެވެ. މި ބަދަލާއެކު ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމާއެކު ބޭނުން ކުރާނީ އެއްވެސް ޑިޒައިނެތް ނެތް ކަޅު ކުލައިގެ ޓްރެކްސޫޓް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އައު އުސޫލާއި ގުޅިގެން ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ޔުނީފޯމަށް ބޮޑު ބަދަލެއް ގެންނަން ނިންމީ، އެކަމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ޝަކުވާ ބޮޑުވުމުން ކަމަށެވެ.
ބައެއް ފަރާތްތަކުން ފާޑުކިޔަމުން އައި ނަމަވެސް މި ބަދަލަކީ ގިނަ ބެލެނިވެރިން ތަޢުރީފު ކުރަމުން އަންނަ ބަދަލެއްކަން މީސްމީޑިއާގެ މަންސަތަކުގައި ފާޅުކޮށްފައިވާ ޚިޔާލުތަކުން ފާހަގަވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މާލޭ ވޮކޭޝަނަލް ހައި ސްކޫލުގެ ނަމުގައި މުޅިން އައު ސުކޫލެއް ހުޅުވައިފި2025 ނޮވެމްބަރު 27
ދެ އަހަރުތެރޭ ދިރާސީ ކަލަންޑަރަށް ގެނައި ބަދަލުތަކާއެކު ޑިސެމްބަރަށް ބޮޑު ޗުއްޓީ ބަދަލުކޮށްފި!2025 އޯގަސްޓު 13
ޢަަރަބިއްޔާ ސުކޫލްގެ ކޮންކްރީޓް މަސައްކަތް ފަށައިފި، އަންނަ އަހަރުގެ ނޮވެމްބަރަށް ނިމޭނެ!2025 ޖުލައި 09