
ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމެންޓުގެ 97 އިންސައްތަ މަސައްކަތް ނިމިއްޖެ
ޒައުޖަތު އަޙުމަދުބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމެންޓުގެ 97 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ސެގްމެންޓްގެ %97 މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކަމަށާއި، މި މަސައްކަތް މިއަދުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މަގުމަތީގެ ނިޝާންތައް ޖެހުމާއި ސައިންބޯޑުތައް ހަރުކުރުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ނިންމުމަށް ވަނީހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 9 އޭޕްރިލް 2025 ގައެވެ. މި މަސައްކަތް ނިމުމުން ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ، ފެން ހިންދާ ނިޒާމު ފަދަ އެންމެހާ ނިޒާމުތައް ގާއިމުކުރެވި، މަގު ފުޅާކުރެވި، ޓްރެފިކަށް ލުއިފަސޭހަކަން ގެނުވައި، ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވާ އެންމެހާ ރައްޔިތުންނަށް ހިތްފަސޭހަ މަގަކަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި ނިމުނު ސަރަހައްދު ހުޅުވާލަނީ2025 ޑިސެމްބަރު 05
ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް އެކެއްގެ %91 މަސައްކަތް ނިމިއްޖެ2025 ނޮވެމްބަރު 20
ރާއްޖެއަށް ޚާއްޞަކޮށްގެން އުފެއްދި، ލޮނުފެނުން މަސްފިނިކުރާ ނިޒާމެއް ތައާރަފުކޮށްފި2025 އޮކްޓޯބަރު 31
ތާރުއަޅާތީ ބޮޑުތަކުރުފާނު މަގުގެ ބައެއް ބަންދުކުރަނީ2025 އޮކްޓޯބަރު 22