
ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި ނިމުނު ސަރަހައްދު ހުޅުވާލަނީ
ޒައުޖަތު އަޙުމަދުޒަމާނީ ފެންވަރަށް ތަރައްޤީކޮށް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި ނިމުނު ސަރަހައްދު އާންމުންނަށް ހުޅުވާލަން ތައްޔާރުވާން ފަށައިފިއެވެ.
މި ސަރަހައްދު އާންމުނަށް ހުޅުވާލުމަށް ނިންމާފައި ވަނީ އަންނަ ހޯމަދުވަހުއެވެ.
އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރަމުން އަންނަ މި މަސައްކަތުގައި ފުރަތަމަ ތަރައްޤީކުރަނީ އެމްއެމްއޭ ސަރަޙައްދެވެ. އެ ސަރަޙައްދުގައި އިއްޔެ ވަނީ ތާރު އަޅައި ނިންމައިފައެވެ. މިހާރު ކުރިއަށްދަނީ މަގުގައި ޓްރެފިކް ނިޝާންތަކުގެ ބޯޑުތައް ހަރުކުރުމުގެ މަސައްކަތާއި މަގުގައި ޓްރެފިކް ނިޝާން ކުރެހުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން އިއްޔެ ވަނީ ބުނެފައެވެ.
ފުރަތަމަ ފިޔަވަހި އާއްމުންނަށް ހުޅުވާލުމަށްފަހު، ދެން ފަށާނީ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. ދެވަނަ ފިޔަވަހީގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯޓު ހާބަރާ ހަމައަށެވެ. އެއީ 250 މީޓަރުގެ ސަރަޙައްދެކެވެ.
އެމްޓީސީސީން ބުނީ އަންނަ ހަފްތާގައި ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާނެ ކަމަށެވެ. ދެން ފަށާ ސަރަޙައްދުގައި ވެސް އެއްގަމު ތޮށީގެ މަސައްކަތާއެކު ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީގެ ނެޓްވޯކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މާލެގޭ މަލަމަތީގެ ހިތްގައިމުކަން ބަދަލުކޮށްލާނެ މަޝްރޫޢުގެ މުޅި މަސައްކަތް ކުރިއަށްގެންދާނީ ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. އެގޮތުން ނޯތު ހާބަރުން ފެށިގެން އެހިސާބަށް 1088 މީޓަރު ސަރަޙައްދު ތަރައްޤީކުރާނެއެވެ.
ޖުމްލަ ފަސް ސެގްމެންޓް ހިމެނޭ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 9 އޭޕްރިލް 2025 ގައެވެ. މި މަސައްކަތް ނިމުމުން ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ، ފެން ހިންދާ ނިޒާމު ފަދަ އެންމެހާ ނިޒާމުތައް ގާއިމުކުރެވި، މަގު ފުޅާކުރެވި، ޓްރެފިކަށް ލުއިފަސޭހަކަން ގެނުވައި، ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވާ އެންމެހާ ރައްޔިތުންނަށް ހިތްފަސޭހަ މަގަކަށެވެ.
މި މަގުގެ އިތުރުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ މަގުތައް ޒަމާނީ ފެނަވަރަށް ތަރައްޤީ ކުރުމުގެ ތައްޔާރީތައް ވެސް ސަރުކާރުން އަންނަނީ ވަމުންކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމެންޓުގެ 97 އިންސައްތަ މަސައްކަތް ނިމިއްޖެ2025 ޑިސެމްބަރު 04
ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް އެކެއްގެ %91 މަސައްކަތް ނިމިއްޖެ2025 ނޮވެމްބަރު 20
ތާރުއަޅާތީ ބޮޑުތަކުރުފާނު މަގުގެ ބައެއް ބަންދުކުރަނީ2025 އޮކްޓޯބަރު 22
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސް ބައްލަވާލައްވައިފި2025 ސެޕްޓެމްބަރު 16