logo
logo
ތާރުއަޅާތީ ބޮޑުތަކުރުފާނު މަގުގެ ބައެއް ބަންދުކުރަނީ

ތާރުއަޅާތީ ބޮޑުތަކުރުފާނު މަގުގެ ބައެއް ބަންދުކުރަނީ

2025 އޮކްޓޯބަރު 22
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަގުގެ ބައެއް ޓްރެފިކަށް ބަންދުކުރުމަށް ނިންމައިފި އެވެ.

ފުލުހުން ބުނީ މި މަސައްކަތް ކުރުމަށް ބޮޑުތަކުރުފާނު މަގުގެ ބަޔަކާއި އެ މަގާއި އިންވެގެން ހުރި ބައެއް މަގުތައް ބަންދުކުރަން ނިިންމާފައިވާ ކަމުގައެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއްގައި ތާރު އަޅައިގެން ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއުގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލިންގެ މަސައްކަތް ކުރުމާއި، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް