
ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް އެކެއްގެ %91 މަސައްކަތް ނިމިއްޖެ
ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ %91 މަސައްކަތް ނިމިއްޖެއެވެ.
ތިން ސެގްމެންޓްއަކަށް ބަހާލައިގެން ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށް ދަނީ ސަބް ބޭސްގެ މަސައްކަތް ނިމި، އޭބީސީ އެޅުމުގެ މަސައްކަތެވެ.
މާލޭގެ އެންމެ ބޭރުގައި އޮންނަ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް 21 ގައެވެ. މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ފެން ހިންދާ ނިޒާމެއް ވެސް ގާއިމު ކުރެވޭނެއެވެ.
އެމްޓީސީސީން ވިދާޅުވީ އެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ ސަބް ގްރޭޑްގެ މަސައްކަތް ނިމި، އޭބީސީ އެޅުމުގެ މަސައްކަތް ކަމަށެވެ.
އަދި މަގުގެ އަޑީގައި އަޅާ ޔުޓިލިޓީ ނެޓްވޯކާއި ފެން ހިންދާ ނިޒާމުގެ މަސައްކަތާއި ޕޭމަންޓް ހެދުމުގެ މަސައްކަތުގެ 87 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީ އިން ވަނީ ހާމަ ކޮށްފައެވެ.
މިއީ 144 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރު އޭޕްރީލް މަހުގައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި ނިމުނު ސަރަހައްދު ހުޅުވާލަނީ2025 ޑިސެމްބަރު 05
ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމެންޓުގެ 97 އިންސައްތަ މަސައްކަތް ނިމިއްޖެ2025 ޑިސެމްބަރު 04
ރާއްޖެއަށް ޚާއްޞަކޮށްގެން އުފެއްދި، ލޮނުފެނުން މަސްފިނިކުރާ ނިޒާމެއް ތައާރަފުކޮށްފި2025 އޮކްޓޯބަރު 31
ތާރުއަޅާތީ ބޮޑުތަކުރުފާނު މަގުގެ ބައެއް ބަންދުކުރަނީ2025 އޮކްޓޯބަރު 22