
ރާއްޖެއަށް ޚާއްޞަކޮށްގެން އުފެއްދި، ލޮނުފެނުން މަސްފިނިކުރާ ނިޒާމެއް ތައާރަފުކޮށްފި
ޒައުޖަތު އަޙުމަދުރާއްޖެއަށް ޚާއްޞަކޮށްގެން އުފެއްދި، ލޮނުފެނުން މަސްފިނިކުރާ ނިޒާމެއް ތައާރަފުކޮށްފިއެވެ.
ޔަންމާ ރެފްރިޖެރޭޓެޑް ސީ ވޯޓަރ (އާރުއެސްޑަބްލިއު) ނިޒާމު ރަސްމީކޮށް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ގދ. މަޑަވެލީގައި ބާއްވައިފައެވެ.
ޔަންމާ ކުންފުނިން މުޅީން އަލަށް އުފައްދާފައިވާ އާރުއެސްޑަބްލިއު ނިޒާމު ރަސްމީކޮށް ދިވެހި މަސްދޯންޏެއްގައި ހަރުކޮށް، ކޮމިޝަންކުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއެވެ.
މި ރަސްމިއްޔާތުގައި ޔަންމާ އޭޝިއާ ސިންގަޕޫރު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރ، ޖެކްސަން ޓާން އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި މަޑަވެލީ ކައުންސިލް ރައީސާއި މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި އާރުއެސްޑަބްލިއު ނިޒާމު އެންމެ ފުރަތަމަ ހަރުކުރި މަސްވެރި އުޅަނދު 'ކަމަނަ އޮޑި'ގެ ވެރިފަރާތް އަލްފާޟިލް ޞާދިޤް ޙަސަނަށް ހަނދާނީ ފިލައެއް އެރުވިއެވެ.
އެމްޓީސީސީއާއި ޔަންމާ ގުޅިގެން ތައާރަފުކުރި މި އާރްއެސްޑަބްލިއު ނިޒާމަކީ ދިވެހިރާއްޖޭގެ މަސްދޯނިފަހަރާއި ދިވެހި ކަނޑުފަޅަށް ޚާއްސަކޮށްގެން މިގޮތަށް ތައާރަފުކުރި ފުރަތަމަ ނިޒާމެވެ.
އެމްޓީސީސީން ބުނީ މި ނިޒާމަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ތިމާވެއްޓާ ރައްޓެހި އުފެއްދުމެއް ކަމަށާ އެގޮތުން ލޮނުފެން ފިނިކޮށްދިނުމަށް މި އުފެއްދުމުގައި ބޭނުންކުރާ ސީއޯޓޫ ރެފްރިޖަރަންޓަކީ ތިމާވެއްޓާ ރައްޓެހި ކެމިކަލެއް ކަމަށެވެ.
އެމްޓީސީސީން ބުނީ އާރްއެސްޑަބްލިއު ނިޒާމު އުޅަނދުތަކުގައި ހަރުކުރުމުން އެކަމުން މަސްވެރީންނަށް އެތައް ފައިދާތަކެއް ކުރާނެ ކަމަށާއި އެގޮތުން އައިސް ނުލިބިގެން ދެން އުޅެން ނުޖެހި އުޅަނދު ހިންގަން ކުރާ ޚަރަދު ކުޑަކުރެވި އިސްރާފު މަދުވެގެންދާނެ ކަމަށެވެ. އަދި މަސް ފިނިކޮށްދީ މަހުގެ ތާޒާކަން ހިފަހައްޓައިދޭ މި ނިޒާމުގެ ސަބަބުން މަހަށް ހަމަ އަގު ލިބި މަސްވެރިންގެ އާމްދަނީވެސް އެތައްތަނެއް އިތުރުވާނެ ކަމަށެވެ.
މީގެ އިތުރުން އާރްއެސްޑަބްލިއު ސިސްޓަމްގައި އެކުލެވޭ ޓެކްނޮލަޖީއާއި ކޮންޓްރޯލް ޔުނިޓްގެ ޔޫޒާ އިންޓަރފޭސްގެ ސަބަބުން ކަސްޓަމަރުންނަށް މި ނިޒާމު ބޭނުންކުރަން ފަސޭހައިން ދަސްކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އާރްއެސްޑަބްލިއު ނިޒާމެއް ތަޢާރަފުކުރުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމަކަށްވާތީ މި މަޝްރޫޢު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމަށް އެމްޓީސީސީއަށް ބޭނުންވާ ބޭރު ފައިސާ ދިވެހި ސަރުކާރުން ވަނީ ހަމަޖައްސަވައިދެއްވައިފައެވެ.
މީގެ އިތުރުން މިދިޔަ އަހަރު ދިވެހި ސަރުކާރުން ވަނީ އާރްއެސްޑަބްލިއު ނިޒާމު ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފައިނޭންސިން ސްކީމެއް އިފްތިތާޙު ކޮށްދެއްވައިފައެވެ. އެ ސްކީމްގެ ދަށުން އާރްއެސްޑަބްލިއު ޔުނިޓް ޖެނެރޭޓަރު އަދި ސޯލާރ ޕެނަލް ހަރުކުރަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސ.ްޑ.ީއެފ.ްސ.ީ) މެދުވެރިކޮށް ލޯނު ލިބޭނެ އިންތިޒާމު ދިވެހި ސަރުކާރުން ވަނީ ހަމަޖައްސަވައިދެއްވާފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމެންޓުގެ 97 އިންސައްތަ މަސައްކަތް ނިމިއްޖެ2025 ޑިސެމްބަރު 04
ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް އެކެއްގެ %91 މަސައްކަތް ނިމިއްޖެ2025 ނޮވެމްބަރު 20
މަސްވެރިންގެ ދުވަސް ފާހަގަކުރަން މަސްކެނޑުމުގެ މުބާރާތެއް ބާއްވަނީ!2025 ނޮވެމްބަރު 13
މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަނީ2025 ނޮވެމްބަރު 12