
މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަނީ
ޒައުޖަތު އަޙުމަދު45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ މާޅޮސްމަޑުލު އުތުރުބުރީ (ރ. އަތޮޅު) ގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 20 ނޮވެމްބަރު 2025 ގެ 14:00 އެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފަރުމަސްވެރިކަމުގެ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ 12 ޑިސެމްބަރު 2025 ވާ ހުކުރު ދުވަހު ރ. ދުވާފަރުގައެވެ.
މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 3339225 / 3339272 އާ ގުޅުއްވުމަށް މަސްވެރިކަމާބެހޭ ވުޒާރާއިން އެދިފައިވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މަސްވެރިންގެ ދުވަސް ފާހަގަކުރަން މަސްކެނޑުމުގެ މުބާރާތެއް ބާއްވަނީ!2025 ނޮވެމްބަރު 13
ރާއްޖެއަށް ޚާއްޞަކޮށްގެން އުފެއްދި، ލޮނުފެނުން މަސްފިނިކުރާ ނިޒާމެއް ތައާރަފުކޮށްފި2025 އޮކްޓޯބަރު 31
ރައީސްގެ ވަޢުދާއި އެއްގޮތަށް، ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދީފި!2025 އޮކްޓޯބަރު 31
ކަނޑުގެ ވަސީލަތްތައް ރިސާޗްކުރުމަށް ޗައިނާގެ ރިސާޗް އިންސްޓިޓިއުޓަކާއެކު ސޮއިކޮށްފި2025 ސެޕްޓެމްބަރު 09