މަސްވެރިންގެ ދުވަސް ފާހަގަކުރަން މަސްކެނޑުމުގެ މުބާރާތެއް ބާއްވަނީ!

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މަސްކެނޑުމުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން ބުނީ 2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހާގަ ކުރުމުގެ ގޮތުން 13 ޑިސެމްބަރު 2025 ވާ ހޮނިހިރު ދުވަހު، ރ. ދުވާފަރުގައި މަސްކެނޑުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ވުޒާރާއިން ބުނިގޮތުގައި މިމުބާރާތުގެ މަޣްޞަދަކީ ދިވެހިންގެ ތެރޭގައި ނެތިގެންދާ މަސްކެނޑުމުގެ އާދަތައް ދިރުވާ އާލާކުރުމާއި މަސްކެނޑުމަކީ ވެސް މަސްވެރި ސިނާޢަތުގައި މުހިއްމު މަސައްކަތެއްކަން އަންގައިދިނުން ކަމަށެވެ.
މިމުބާރާތަކީ ދެޖިންސުގެ ބޭފުޅުން އަމާޒުކުރެވިގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު 27 ނޮވެންބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މަސްވެރިކަމާބެހޭ ވުޒާރާއަށް ވުޒާރާއަށް ހުށަހަޅަން ޖެހެއެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ފަރމަސް ބޭނުމުގެ މުބާރާތެއް ވެސް ބާއްވަން ހަމަޖެހިފައިވާއިރު، އެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.
މަސްވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.
އިތުރަށް





.gif.gif&w=828&q=100)
