
ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ ތާރީޚް ކަނޑައަޅައިފި
ޒައުޖަތު އަޙުމަދުލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ ތާރީޚް އިލެކްޝަންސް ކޮމިޝަން، އީސީން ކަނޑައަޅައިފިއެވެ.
އިލެކްޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ބާއްވާ ދުވަހުގެ ގޮތުގައި ހަމަޖެހިފައިވަނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ކަމަށެވެ.
މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިންތިޚާބުކުރެވޭނެއެވެ.
އެގޮތުން މި އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވުމަށް ބޭނުންވާ 7,000 އަށްވުރެ ގިނަ އޮފިޝަލުން ހޯދުމަށް މިހާރުވަނީ އިޢުލާނުކޮށްފައެވެ. އަދި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2025 ޑިސެންބަރު 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އީ-ފާސް މެދުވެރިކޮށް my.elections.gov ޕޯޓަލް އިން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވެސް އިލެކްޝަނުން ވަނީ ޢިއުލާންކޮށްފައެވެ.
މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ކޮމިޝަނުގެ އީމެއިލް jobs@elections.gov.mv މެދުވެރިކޮށް ހުށަހެޅޭނެއެވެ.
އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނޭ ކަމަށް އިލެކްޝަނުން ބުންޏެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޕީއެންސީގެ ލޯކަލް ކައުންސިލް ޕްރައިމަރީ ޑިސެމްބަރު މަހު ބާއްވަނީ 2025 ނޮވެމްބަރު 30
ސިޔާސީ ޕާޓީތަކަށް 27 މިލިއަން ރުފިޔާ ދޫކޮށްފި2025 ނޮވެމްބަރު 09
ފޭދޫން ނިންމީ ވަކި ނުވާން، ހުޅުދޫއާއި މީދޫ ބޭނުންވަނީ ވަކި ދެ ކައުންސިލް2025 އޮކްޓޯބަރު 25
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި، އެންމެ ގިނައިން ލިބުނީ ޕީއެންސީއަށް 2025 ސެޕްޓެމްބަރު 02