
ޕީއެންސީގެ ލޯކަލް ކައުންސިލް ޕްރައިމަރީޑިސެމްބަރު މަހު ބާއްވަނީ
ޒައުޖަތު އަޙުމަދުވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ލޯކަލް ކައުންސިލް ޕްރައިމަރީ ޑިސެމްބަރު މަހު ބާއްވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވީ، ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެމްބަރުންނަށް ޑިސެމްބަރު 1ން ފެށިގެން ފުރުސަތު އޮންނާނެ ކަމަށެވެ.
ފަލާހު ވިދާޅުވީ، ޑިސެމްބަރު މަހުގެ 15ވަނަ ދުވަހު އިރުއޮއްސި ހައެއް ޖަހަންދެން، ޕާޓީގެ ވެބްސައިޓް މެދުވެރިކޮށް ކުރިމަތިލުމުގެ ފުރުސަތު މެމްބަރުންނަށް އޮންނާނެ ކަމަށާއި ވޯޓުލުން އޮންނާނީ ޑިސެމްބަރު 27ވަނަ ދުވަހު ކަމަށެވެ.
ފަލާޙް ވިދާޅުވީ ޕީއެންސީގެ މި ޕްރައިމަރީއަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ޕްރައިމަރީއަށް ވާނެ ކަމަށެވެ. އަދި ޕީއެންސީއާ އަލަށް ގުޅޭ މެމްބަރުންނަށް ވެސް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ފަލަޙް ވިދާޅުވިއެވެ.
ފަލާޙް ވިދާޅުވިގޮތުގައި ޕްރައިމަރީގައި މެމްބަރުންނަށް ވޯޓުލެވޭނީ މެމްބަރުން ރަޖިސްޓްރީވެފައިވާ ރަށްރަށުގައި އެކަނިކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ޕީއެންސީގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލުމާ ގުޅޭގޮތުން އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ މެމްބަރުންނަށާއި ދާއިރާތަކުގެ ރައީސުންނަށް މިރޭ މައުލޫމާތު ދެއްވާނެ ކަމަށާއި ޕޯޓަލްއާ އެކީ، ޕްރައިމަރީގައި ވާދަކުރާ މެމްބަރުންނަށް 24 ގަޑިއިރުގެ ހެލްޕްލައިނެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށެވެ.
ޕީއެންސީން މި ފުރުޞަތު މާދަމާ ހުޅުވާލާއިރު، އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރަން ޝައުގުވެރިވާ މެމްބަރުންނަށް ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލްމަހުގައި ކަން ފާހަގަކުރެވެއެވެ.
ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ ޕީއެންސީގެ މެމްބަރުންގެ އަދަދު 68،665 އަށް އަރާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުން ދައްކައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ ތާރީޚް ކަނޑައަޅައިފި2025 ޑިސެމްބަރު 04
ރައީސް މުޢިއްޒު މި ޤައުމުގެ ނަވުގެ ހުންގާނުގައި ހިއްޕެވީ، އެ އޮޑި ބެހި އޮޔާދަނިކޮށް: ފަލާޙް2025 ނޮވެމްބަރު 17
ޕީއެންސީން މިރޭ ބާއްވާ ބޮޑު ޖަލްސާއަށް ގިނަ ބަޔަކު މާލެއަށް!2025 ނޮވެމްބަރު 14
ޢަބްދުއްރަޙީމް ވިދާޅުވީ ދިވެހީން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ހުކުރު ދުވަހުން ސާފުވާނެ ކަމަށް 2025 ނޮވެމްބަރު 08