
ޕީއެންސީން މިރޭ ބާއްވާ ބޮޑު ޖަލްސާއަށް ގިނަ ބަޔަކު މާލެއަށް!
ޒައުޖަތު އަޙުމަދުސަރުކާރަށް 2 އަހަރުފުރޭއިރު، ސަރުކާރުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަ ކުރުމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން މިރޭ ބާއްވާ ބޮޑު ޖަލްސާއަށް ރެކޯޑް އަދަދަކަށް މާލެއަށް މީހުން ޖަމާ ވާން ފަށައިފިއެވެ.
މިރޭގެ ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕީއެންސީ މެމްބަރުންނާއި ސަރުކާރަށް ތާޢީދުކުރާ ރައްޔިތުން ވައިގެ މަގުންނާއި ކަނޑުގެ މަގުން މާލެއަށް އަންނަމުންދާއިރު، ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ހިމެނޭހެން، ބަނދަރު ސަރަހައްދުން މާލެއަންނަ ޓީމުތަކަށް މަރުޙަބާ ކިޔަމުން އަންނަކަން ފާހަގަ ކުރެވެއެވެ.
މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ބާއްވާ މި ޖަލްސާއަށް އެންމެ ގިނައިން މީހުން އައި ރަށެއް ކަމުގައި ފާހަގަ ކުރެވިފައި ވަނީ ޅ. ނައިފަރެވެ. އެ ރަށުން 500 އަށްވުރެ ގިނަ މީހުން މިރޭގެ ޖަލްސާއަށް މާލެ އަންނަން ހަމޖެހިފައިވާއިރު، މިއަދު މެންދުރު ކުރިން 9 ލޯންޗުގައި އެރަށުން މީހުން ގެނެސްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ނައިފަރުގެ އިތުރުން ގިނައިން މީހުން އައިސްފައިވާ އެއް ރަށަކީ ފ. ނިލަންދޫއެވެ. އެރަށުން ކަނޑު ބޯޓެއްގައި 200 ވަރަކަށް މީހުން އައިސްފައިވެއެވެ. މީގެއިތުރުން އައްޑޫސިޓީ ހުޅުދޫ މީދޫން ވެސް 256 މީހުން ވައިގެ މަގުން މާލެ އައިސްފައިވެއެވެ.
އަދިވެސް އެކި ރަށްރަށުން މީހުން އަންނަމުން ދާކަން ފާހަގަ ކުރެވެއެވެ.
ޕީއެންސީން މިރޭ ބާއްވާ ޚާއްޞަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ. އަދި މި ޖަލްސާގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޕީއެންސީގެ ލޯކަލް ކައުންސިލް ޕްރައިމަރީ ޑިސެމްބަރު މަހު ބާއްވަނީ 2025 ނޮވެމްބަރު 30
ބޮޑު ޖަލްސާގެ އުސްއަލިތައް- އަންނަ ރޯދަމަހު ކަރަންޓް ބިލަށް ދައްކަން ޖެހޭނީ 400 ރުފިޔާ2025 ނޮވެމްބަރު 15
ބޮޑުޖަލްސާގެ އުސްއަލިތައް- ފެށިއިރު ބިދޭސީންގެ ތަފާސް ހިސާބެއް ނެތް، މިހާރު 191،000 މީހުންގެ މަޢުލޫމާތު އެއްކޮށްފި2025 ނޮވެމްބަރު 15
ބޮޑު ޖަލްސާގެ އުސްއަލިތައް- އެމްޑީޕީ ސަރުކާރުން ފުނިޖައްސާފައި ހުރި ބިލްތައް ދައްކަންފަށައިފި2025 ނޮވެމްބަރު 15