logo
logo
ބޮޑު ޖަލްސާގެ އުސްއަލިތައް- އަންނަ ރޯދަމަހު ކަރަންޓް ބިލަށް ދައްކަން ޖެހޭނީ 400 ރުފިޔާ

ބޮޑު ޖަލްސާގެ އުސްއަލިތައް- އަންނަ ރޯދަމަހު ކަރަންޓް ބިލަށް ދައްކަން ޖެހޭނީ 400 ރުފިޔާ

2025 ނޮވެމްބަރު 15
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އަންނަ ރޯދަމަހު ކަރަންޓް ބިލަށް ނަގާނީ ގިނަވެގެން 400 ރުފިޔާ ކަމަށާއި ބިލުގެ ބާކީ ބައި އެއީ ޑިސްކައުންޓް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތާރީޚުގައި ބޭއްވި އެންމެ ބޮޑު ސިޔާސީ އެއްވުން ކަމުގައި ވެގެންދިޔަ "ދިވެހީންގެރާއްޖެ" ޕީއެންސީގެ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ ރޯދަމަހު ޑޮމެސްޓިކް ރޭޓުން ބިލު ކުރާ ކޮންމެ ބިލަކަށް ނަގާނީ 400 ރުފިޔާ ކަމަށާއި ބާކީ ބައި އެއީ ޑިސްކައުންޓް ކަމަށެވެ.

ރައީސް ވިދާޅުވީ އަންނަ ރޯދަމަހު ވެސް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހާނެ ކަމަށާއި އޭގެ އިތުރުން ކަރަންޓް ބިލުން ނަގާ މިންވަރު ކުޑަކޮށް ދެއްވާނެ ކަމަށެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މުޅި ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ހަދިޔާ ދޭންފެށީ ވެސް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުންކަން ފާހަގަ ކުރެވެއެވެ. އެގޮތުން މި ސަރުކާރުގެ ފުރަތަމަ އަހަރު ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ އަދި ފުށް ބަހާފައިވެއެވެ. މީގެއިތުރުން ރޯދަމަހުގެ ފެން ބިލާއި ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދީފައިވެއެވެ.

މިދިޔަ އަހަރު ރޯދަ މަހުވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމުގެ އިތުރުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް