
އެސްޓީއޯއިން 23 ބާވަތެއްގެ ކާބޯތަކެތި އެތެރެކުރަން ފެށީ ތަކެތީގެ އަގު ހެޔޮކުރަން: ރައީސް
ޒައުޖަތު އަޙުމަދުއެސްޓީއޯއިން 23 ބާވަތެއްގެ ކާބޯތަކެތި އެތެރެކުރަން ފެށީ ތަކެތީގެ އަގު ބޮޑުވާތީ ކަމަށާއި އެސްޓީއޯއިން އެ ބާވަތްތައް އެތެރެކުރުމުގެ ސަބަބުން ތަކެތީގެ އަގުހެޔޮ ވެގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާފަންނު ރައްޔިތުންނާ ބައްދަލު ކުރައްވާ ރޭ ދެއްކެވި ވާހަކަފުޅުގައި އާންމު ރައްޔިތަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ އެސްޓީއޯއިން އެތެރެކުރަމުން އަންނަނީ ކާޑުގެ ބާވަތްތައް ނަމަވެސް ރައްޔިތުން އެންމެ ގިނައިން ބޭނުންކުރާ މޭވާއާއި ތަރުކާރީ ހިމެނޭހެން ކާބޯތަކެތީގެ 23 ބާވަތެއް މިހާރު އިތުރު ކުރެވިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ 23 ބާވަތް ސަރުކާރުން އެތެރެކޮށް ރަނގަޅު އަގުގައި ލިބެން ހުރުމުގެ ވިޔަފާޜިތަކުގެ މެދުގައި ވާދަވެރިކަން އުފެދި، ބާޒާރުގައި އެ ބާވަތްތަކުގެ އަގުތައް ހެޔޮވެފައިވާ ކަމަށެވެ.
އަދި މިހާރު އެސްޓީއޯއިން އެ ބާވަތްތައް ހޯލްސޭލްކުރަން ފިހާރައެއް ވެސް ހުޅުވާފައިވާ ކަމަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
" ކޮމްޕެޓިޝަން އުފެދޭނެ، މި އަގުތަކާއި އެއްވަރަށް ދެންހުރި ފަރާތްތަކުން އަގުތައް ތިރިކުރަމުން އެދަނީ." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބޭންކުތެރެއިން ޓީޓީ ހޯދުމާއި ޑޮލަރު ލިބޭ މިންވަރު ފަދަ ކަންކަން ވެސް މިހާރު ފަހިކޮށްދީފައިވާތީ އެ މައްސަލަ ވެސް ހައްލުވެފައިވާ ކަމަށެވެ.
ރޭ ބޭއްވި ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު، ސިލްސިލާކޮށް ބާއްވަމުން ގެންދަވާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން މާފަންނު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެކެވެ.
ފާއިތުވި 2 އަހަރުތެރޭ ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ. މިހާރު އެމަނިކުފާނު ގެންދަވަނީ މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން މާފަންނު ރައްޔިތުންގެ އިތުރުން އެމަނިކުފާނު ވަނީ ވިލިމާލެ ރައްޔިތުންނާއި މައްޗަށްގޮޅި ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަޚްލޫފު ޢައްޔަންކުރައްވައިފި2025 ޑިސެމްބަރު 04
ތިމާވެށްޓަށް ގެއްލުންދޭ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028އަށް ފަސްކޮށްފި2025 ޑިސެމްބަރު 03
ރައީސް މާދަމާ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަނީ2025 ޑިސެމްބަރު 03