ރައްޔިތުންގެ ކަންބޮޑުވުންތައް ބަލައި އެޅެން އޮތް ފިޔަވަޅެއް އަޅާނަން: ރައީސް
ޒައުޖަތު އަޙުމަދުރައްޔިތުންގެ ކަންބޮޑުވުންތައް ބަލައި އެޅެން އޮތް ފިޔަވަޅެއް އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު، ސިލްސިލާކޮށް ބާއްވަމުން ގެންދަވާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން މާފަންނު ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނާއެކު ބާއްވަވާ ކޮންމެ ބައްދަލުވުމެއްގައި ވެސް ރައްޔިތުން ހިއްސާ ކުރައްވާ މައްސަލަތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި އެކަންކަމާ ގުޅޭގޮތުން އެޅެން އޮތް ފިޔަވަޅެއް އަޅުއްވާ ދެއްވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ ރައްޔިތަކަށް ވެސް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރައްވާ ކަމަށެވެ.
މާލޭޣެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ސަރަހައްދު ކަމުގައިވާ މާފަންނު ރައްޔިތުންނަކީ އެންމެ ގިނަ މައްސަލަތައް ތަހައްމަލް ކުރަމުންދާ ރައްޔިތުން ކަމަށެވެ.
ރައީސް ވިދާޅުވީ މިހާތަނަށް ބޭއްވި ކޮންމެ ބައްދަލުވުމެއްގައި ވެސް ރައްޔިތުން ހިއްސާ ކުރައްވާ މައްސަލަތައް ގާތުން ބައްލަވަމުންދާ ކަމަށާއި އޭގެތެރެއިން ބައެއް މައްސަލަތައް މިހާރު ވެސް ހައްލުކޮށްދެއްވާފައިވާ ކަމަށެވެ.
ފާއިތުވި 2 އަހަރުތެރޭ ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ. މިހާރު އެމަނިކުފާނު ގެންދަވަނީ މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ ވިލިމާލެ ރައްޔިތުންނާއި މައްޗަށްގޮޅި ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެސްޓީއޯއިން 23 ބާވަތެއްގެ ކާބޯތަކެތި އެތެރެކުރަން ފެށީ ތަކެތީގެ އަގު ހެޔޮކުރަން: ރައީސް2025 ޑިސެމްބަރު 05
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަޚްލޫފު ޢައްޔަންކުރައްވައިފި2025 ޑިސެމްބަރު 04
ތިމާވެށްޓަށް ގެއްލުންދޭ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028އަށް ފަސްކޮށްފި2025 ޑިސެމްބަރު 03
ރައީސް މާދަމާ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަނީ2025 ޑިސެމްބަރު 03